އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު ފޯނާއި އެކު ޗާޖަރުގެ އެޑަޕްޓަރ ނުދޭން ނިންމުމުން އެކަމާއި އެންމެ ފާޑު ކިޔާފައިވަނީ ވާދަވެރި ސެމްސަންގު ކުންފުނިންނެވެ.

އެކުންފުނިން މީގެ ކުރިން އައިފޯނުގައި ހެޑްފޯން ޖެކް ނުލައި ނެރުމުން އެކަމަށްވެސް ވަނީ ޖޯކު ޖަހާފައެވެ. އެހެނަސް ފަހުން އެކުންފުނިން ވަނީ ފަހުގެ ފޯނުގައި ހެޑްފޯނު ޖެކު ނުހުންނަ ގޮތަށް ހަދައި ފޯނު ނެރެފައެވެ. މިއީ އެޕަލްއަށް ޖޯކު ޖެހުމަށްފަހުގައި އެކުންފުނިން އަމަލު ކޮށްފައިވާ ގޮތެވެ.

މިފަހަރުވެސް ކަންތައް ދިމާވީ ހަމަ އެގޮތަށެވެ. އެޕަލްއެކޭ އެއްގޮތަށް ޗާޖަރު ނުލައި ފޯނު ވިއްކަން ސެމްސަންގުން ނިންމަނީއެވެ. ޗާޖަރެއް ވެސް ހެޑްފޯނެއް ވެސް ސެމްސަންގުން އަންނަ މަހު ނެރެން އުޅޭ ގެލެކްސީ އެސް 21 ސީރީޒްގެ ފޯނުތަކުގައި ނުހިމަނާނެ ކަމަށް އެ ފޯނުތައް ބްރެޒިލްގައި ވިއްކުމުގެ ހުއްދަ ދީ ދޫކޮށްފައިވާ ލިޔުމާ ހަވާލާދީ ޖީއެސްއެމް އެރީނާ އިން ވަނީ ބުނެފައެވެ.

ބްރެޒިލްގެ ރެގިއުލޭޓަރީ އިދާރާ އެނަޓެލްގެ ލިޔުމުގައި ވަރަށް ސާފުކޮށް ބުނެފައިވަނީ ފޯނު ވިއްކާއިރު އެއާ އެކު ޗާޖަރާއި ހެޑްފޯން ނުލިބޭނެ ކަމަށެވެ.

މިގޮތަށް ބައެއް ފަރާތްތަކުން ބުނެފައިވީނަމަސް، ސެމްސަންގެ ގެންގުޅޭ ފަރާތްތަކުން ބުނެފައިވަނީ އެގޮތަށް އަމަލު ނުކުރާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ ޗާޖަރު ނުލައި ފޯނު ދޫކުރުމަށް އެންމެ ފުރަތަމަ ނިންމީ ސެމްސަންގުން ކަމަށެވެ. އަދި އެޕަލް އިން އެގޮތަށް ނިންމުމުން އެ ނިންމުން ސެމްސަންގު އިން ބަދަލު ކުރާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިމައްސަލައިގައި ސެމްސަންގުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދޮންކެޔޮ

    ސެމްސަންގ އަކީ އެޕަލްގެ ބައެއް

    21
    9
  2. Anonymous

    މާކެޓިންގ ސްޓަންޓެއް. ދެން އެންމެންވެސް ދައްކާނީ ތި ވާހަކަ

    4
    3
  3. Anonymous

    އެޕަލް ކަންތައްކުރި ގޮތަކީ ފޯނަށް މުޅިން އާ ޗާޖަރެއް ގަންނަން މަޖުބޫރު...
    މި ފޯނަށްވެސް އެހެން ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު

    2
    1
  4. އަހުމަދު

    ދެން އަންނަ އަހަރު ފޯނު ޑިސްޕްލޭ ވަކިން ގަންނަން ޖެހޭ ގޮތަށް؟

    1
    1
  5. އ . ޖ . އ

    އިޓް އިޒް ޖަސްޓް އަ ރުމަރ

    2
    1
  6. ސެމްގެސަންގު

    ބައްޔެއްނު ދެންކިހިނިނެތް ތި ގަންނާނީ ޔޫއެސްބީ ޓައިޕް ސީ ހާދައަގުބޮޑޭ
    😢 ޗާޖަރު ނުދޭން ހާދަ ބޮޑާވެރިކަމާއި ކިބުރުވެރިިކަަމެއް ހުރޭދޯ ސެމްްސަންގާއި އެޕަލްގެ 😡

    4
    4