ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ، ކޮރިއޯގްރާފާ އަދި ފިލްމް އުފެއްދުންތެރިޔާ ރެމޯ ޑީ ސޫޒާއަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

އޭނާއަށް ހާޓްއެޓޭކެއް ޖެހިފައި ވަނީ މިއަދު މެންދުރު ފަހުންނެވެ.

ރެމޯއަށް ހާޓްއެޓޭކެއް ޖެެހުމާއެކު ވަނީ ކޮކިލަބެން ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި އެޑްމިޓްކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާއަށް މިހާރު އެންޖިއޯގްރަފީ ދީފައިވާއިރު، މިހާރުވެސް އޭނާ އޮތީ އައިސީޔޫގައެވެ. އޭނާގެ ކައިރީގައި އަނބީހާ ލިޒެއްލާ އެބަ ހުރި ކަމަށްވެސް ބުންޏެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށް އެންޑިޓީވީން ރިޕޯޓްކޮށްފައި ވެއެވެ.

ރެމޯގެ އެންމެ ފަހުގެ ޑަައިރެކްޝަންއަކީ ސްޓްރީޓް ޑާންސާ 3 އެވެ. އޭގައި ލީޑް ރޯލުން ފެނިގެން ގޮސްފައި ވަނީ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ރިއަލިރީޓީ ޝޯވ ޑާންސް ޕްލަސްގެ ޖަޖެއްގެ ގޮތުގައެވެ.\

މީގެ އިތުރުން، އޭނާއަކީ ޑާންސް އިންޑިއާ ޑާންސް އާއި ޖަލަކް ދިކަލާ ޖާގެ ޖަޖެކެވެ. އޭނާ ކޮރިއާގްރޭފްކަން ކޮށްދިން ގިނަ ލަވަތަކަށް އެވޯޑްތަކެއްވެސް ލިބިފައި ވެއެވެ. އޭގެ ތެރޭގައި ޑިސްކޯ ޑިވާނީ، ބައްތަމީޒް ޑިލް، ދީވާނީ މަސްތާނީ، މާޖިރާ މަސްތާނީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު