މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ހަށިގަނޑަށް ވެސް ބަދަލުތަކެއް ގެނުވައެވެ. ވަކީން ހާއްސަކޮށް މި ޕެންޑަމިކްގައި ބަލިމަޑުކަން މިވަނީ ބޮޑުވެފައެވެ.

ކެއްސުމަކީ ނޭފަތުގެ އެތެރެ ހިކުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. ކެއްސުމުގެ ސަބަބުން އަރިދަފުސް އާދެއެވެ. ނަމަވެސް ހިކި ކެއްސުމުގައި އަރިދަފުހެއް ނާންނާނެއެވެ.

ހިކި ކެއްސުމަކީ ގިނަ ދުވަހަށް ދެމިގެންދާ އުދަނގޫ ކުރުވަނިވި ކަމެކެވެ. މިއީ ނޭވާ ހިއްލުން ފަދަ ބަލިތަކުގެ އަލާމާތެކެވެ. ކިތައްމެ ގަދައަށް ހިކި ކެއްސުން ކެއްސި ނަމަ ވެސް މިއީ ގޭގައި ވެސް ފަރުވާ ދެވިދާނެ ކަމެކެވެ.

ހިކި ކެއްސުން ކެއްސާނަމަ ގޭގައި ދެވިދާނެ 4 ފަރުވާއެއް

ރީނދޫ

ރީނދޫގައި ހިމެނޭ އެންޓި ފުލެމޭޓަރީއާއި އެންޓި ބެކްޓީރިއަލް މާައްދާތަކުގެ ސަބަބުން ހިކި ކެއްސުން ކެއްސާ މިންވަރު މަދުކޮށްދެއެވެ. ކޮންމެ ދުވަހަކު ވެސް ރީނދޫ އަޅައިގެން ސައިތަށްޓެއް ބުއިމަކީ މިކަމަށް ވަރަށް ރަނގަޅު ފަރުވާއެކެވެ.

އިނގުރު

އިނގުރުގައި ހިމެނޭ އެންޓި ވައިރަލް މާއްދާަތަކުގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ އިންފެކްޝަން ދިފާއު ކުރުމަށް އެހީތެރިވެދެއެވެ. ކޮންމެ ދުވަހަކު ވެސް ހޫނު ފެނަށް އިނގުރާއި މާމުއި އަޅައިގެން ބުއިމުން ރަނގަޅު ވާނެއެވެ.

އާވިއެރުވުން

އާވިއެރުވުމުން ކަރުގައި ރިހުން ފަދަ ކަންކަމުން ފަސޭހަ ކޮށްދެއެވެ. މީގެ ރަނގަޅު ނަތީޖާއެއް ލިބުމަށް، އާވިއަރުވާއިރު ބޮލުގައި ތުވާއްޔެއް އަޅައި ނިވާކޮށްލާށެވެ.

އަސޭމިރުސް

އަސޭމިރުހުގައި ހިމެނޭ އެންޓި ބަޔޮޓިކްއާއި ފަސޭހަ ކޮށްދިނުމުގެ މާއްދާތަކުގެ ސަބަބުން ކެއްސުމަށް ލުޔެއް ލިއްބައިދެއެވެ. މީގައި ހިމެނޭ ވިޓަމިން ސީގެ ސަބަބުން ހިކި ކެއްސުމަށް ފަރުވާ ކޮށްދެއެވެ.

ހިކި ކެއްސުމަށް ލުޔެއް ހޯދުމަށް މި 4 ކަންތައްތައް ކޮށްލާށެވެ.