ސުޕަރސްޓާ ޝާހްރުކްޚާން އަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާކޮށްލާ ހިތްވާ މީހެކެވެ. އޭނާ އަކީ ބޮލީވުޑްގެ އުުހުގައި ފިޔަ ޖަހާ ތަރިންގެ ތެރެއިން ނެގެޓިވް ރޯލެއް ކުޅުނު ފުރަތަމަ ތަރިވެސް މެއެވެ. އެހެންކަމުން ޝާހް އަކީ ރިސްކު ނަގާ މީހެއް ކަމާއި މެދު ސުވާލެއް ނެތެވެ. އެހެންނަމަވެސް އޭނާ އަކީ ވެސް ބިރު ނުގަންނަ މީހެއް ނޫނެވެ.

ގިނަ މީހުން ބިރު ގަންނަނީ އެއްޗެއް ދެކެއެވެ. އެހެންނަމަވެސް އެއާއި ޚިލާފަށް ޝާހް އެންމެ ބިރު ގަންނަނީ ކަމެއް ދެކެއެވެ. މީގެ ކުރިން އޭނާ ދިން އިންޓަރވިއުއެއްގައި ބުނެފައި ވަނީ އޭނާ އެންމެ ބިރު ގަންނަނީ ފޫހި މީހަކަށް ވެދާނެތީ ކަމަށެވެ. 30 އެތައް އަަރު ވަންދެން ބޮލީވުޑްގައި ހޭދަކުރި އިރު ކޮންމެ ދުވަހަކީވެސް އޭނާ އާ ކަމެއް ތަޖުރިބާ ކުރާ ދުވަހެއް ކަމަށް ޝާހު ވަނީ ބުނެފައެވެ.

އަދި އޭނާ ޤަބޫލު ކުރާގޮތުން މީހެއްގެ ގޮތުގައި އޭނާ އެހެން މީހުންނާއި އެންމެ ބޮޑަށް ތަފާތުކޮށްދޭ ކަމަކީވެސް އެއީ ކަމަށް ޝާހްު ބުނެެއެވެ.

" އަހަރެން ހިތަށް އަރަނީ އެއް ދުވަހު އަހަރެން ހޭލާ އިރު އަހަރެންނަކީ މަޖާ މީހެއް ނޫން ކަމަށް ވެއްޖެއްޔާ މީހުން އަހަަރެން ދެކެ ގަޔާވާނެ ބާއޭ. އަހަރެންގެ ކެރިއާ އަށް ވާނީ ކިހިނެތްބާއޭ. އެއަށް ވުރެ ބޮޑަށް އަހަރެން ލޯބިވާ މީހުން އަހަރެން ހަމަ މިގޮތަށް ބަލައިގަންނާނެބާއޭ. އަހަންނަށް އިހުސާސްކުރެވެ އަހަރެން އެހާ މުހިންމު ވަނީ އަހަރެން ފޫހި ނުވީމައޭ. ތަފާތު ވީމައޭ. މަޖާ ވީމައޭ." ޝާހް ބުންޏެވެ.

ޝާހް ބުނީ ބައެއް ފަހަރު ކަންކަމާ ދެރަ ވުމުންވެެސް އެ ވާހަކަ އޭނާ ދައްކަން ބޭނުން ނުވާ އެއް ސަބަބަކީ އެއީ ކަމަށެވެ. އެހެންކަމުން ފޫހި މީހަކަށް ވެދާނެ ކަމުގެ ބިރަކީ އޭނާ އަށް ނަފްސާނީ ގޮތުން އޮތް ގޮންޖެހުުމެއް ކަމަށް ވެސް އޭނާ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފޫޅުދިގު ހަންޑި

    އަބަދުވެސް ވަރަށް ފޫހިވާ މީހެއްތީ..

    13
    5
  2. އާދަމް

    ވަރަށް އިސްލާމީ ތަރަހަޔަށް ނުފެތޭ ހައްޤާ ބީރައްޓެހި ބޭކާރު ބަސްތަކެއް...

  3. އޭނާ

    ކޮބާ ކޮމެންޓް ނުޖަހަނީ ދީނީ ވީމަތަ؟ މަ ހަރުކައްޓީތަ؟

    5
    2