ޓިކްޓޮކަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުން ކުރަން ފަށާފައިވާ އަދި ގިނަ ބަޔަކު މިހާރުވެސް ބޭނުންކުރާ އެއް އެޕްލިކޭޝަނެވެ. މިހާތަނަށް 800 މިލިއަނަށްވުރެ ގިނަ މީހުން ބަރާބަރަށް ޓިކްޓޮކް އެޕްލިކޭޝަން ބޭނުންކުރާއިރު މުނިފޫހިފިލުވުމަށް ބޭނުންކުރާ މި އެޕްލިކޭޝަންގެ ބޭނުން މި އަހަރުތެރޭގައި މިވަނީ އިތުރު ވެފަ އެވެ. ގިނަ ފަރާތްތަކަށް ޓިކްޓޮކް ބޭނުން ކުރަން ވަގުތު ލިބިފައި ވަނީ ކޮވިޑާއި ގުޅިގެން އައި ފުރަބަންދާއި ގުޅިގެން ގޭގައި ތިބެން ޖެހުމުގެ ސަބަބުންނެވެ.

އަހަރުގެ ކުރީކޮޅު ޓިކްޓޮކް ގައި ގިނަ ފަރާތްތަކެއްގެ ވީޑިއޯ ތައް ހިމަނައި އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާއިރު އޭގެ ތެރެއިން އެތައް ބަޔަކު މަޝްހޫރުވެ އެތައް މަންޒިލަކަށް މީހުން ދާހިތް ޖެހިފައިވާކަން ފާހަގަ ކުރެވެއެވެ. ރާއްޖެއަށް އަންނަ ބޭރުގެ އެތަކެއް ފަތުރުވެރިންވެސް ރާއްޖޭގައި ނަގާފައިވާ އެތަކެއް ވީޑިއޯއެއް ޓިކްޓޮކަށް ލާފައި އަދި މިހާރުވެސް ލަމުންދާއިރު އޭގެ ތެރެއިން ބައެއް ވީޑިއޯތައް ދަނީ ޓިކްޓޮކްގެ ރެކޯޑުތައްވެސް މުގުރަމުންނެވެ.

ފިލިޕިންސް އަށް ނިސްބަތްވާ މިކީ ޓެނަޒަސް ނަމަކަށް ކިޔާ ޓިކްޓޮކް ބޭނުންކުރާ މަޝްހޫރު މީހަކު މިވަނީ އާދަޔާ ހިލާފު ހިތްގައިމު ވީޑިއޯއެއް ރާއްޖޭގައި ނަގައި ޓިކްޓޮކްގައި ހިއްސާ ކޮށްފަ އެވެ. އޭނާ އަކީ ގްލޯބަލް ވޮންޑަރާގެ ފައުންޑާއެވެ. ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީ ރިސޯޓުގައި ނަގާފައިވާ ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަމެއް މިހާރުވެސް އަންނަނީ ލިބެމުންނެވެ.

މިހާތަނަށް 11 މިލިއަން ފަހަރު މީހުން އެ ވީޑިޔޯ ބަލާފައިވާއިރު 37.6 ހާސް މީހުން ވަނީ އެ ވީޑިއޯ އަށް ކޮމެންޓުވެސް ކޮށްފަ އެވެ. ޓިކްޓޮކްގައި އެ ވީޑިއޯ މިހާތަނަށް ދެލައްކައަށްވުރެ ގިނަ މީހުން ވަނީ ޝެއަރ ކޮށްފަ އެވެ. އެތައް ބަޔަކަށް ވީޑިއޯ ފެނިގެން ގޮސްފައިވާއިރު މި ވީޑިއޯގެ ސަބަބުން ވެސް އެތައް ބަޔަކަށް ރާއްޖެއަށް އަންނަން ހިތްވަރުލިބިގެން ދާނެ އެވެ.

@mgtenazasIs this the most awesome villa in the world? Can’t get enough of this slide! #fyp #foryou #sonevajani #maldives #tiktoktravel #travel #luxury♬ original sound - Mikki Tenazas

ރާއްޖެއަކީ ފަތުރުވެރީން އަންނަން އެންމެ އަމާން އަދި ގުދުރަތީ މަންޒަރުތައް ދެކިލުމަށް މިތަނަށްވުރެ ފުރިހަމަ ތަނެއް ނެތްފަދަ މަންޒިލެކެވެ. ބޭރުގެ މަޝްހޫރު އެތަކެއް ފަންނާނުންވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް ޒިޔާރަތްކުރާއިރު ރާއްޖެއަށް އެއްފަހަރަށްވުރެ ގިނައިންވެސް ބައެއް ފަންނާނުން އައިސްފައި އެބަ ތިއްބެވެ.