މީހާއަކީ ކާކުކަން ރަސްމީ ރެކޯޑްތަކުން ދެއްކުމަށް ފިންގާޕްރިންޓް ބޭނުން ކުރެއެވެ. އެހެން ނަމަވެސް ފިންގާ ޕްރިންޓް ނުަވަތަ އިނގިލީގެ ނުހުންނަ ނަމަ ދެން މިކަން ކުރާނީ ކިހިނެއް ހެއްޔެވެ؟. އެނގޭ ހެއްޔެވެ؟ ބަންގްލަދޭޝްއަށް އަށް ނިސްބަތްގާ މި އާއިލާގެ ތިން ޖެެނެރޭޝަންގެ ފިރިހެނުންގެވެސް ފިންގާޕްރިންޓެއް ނުހުރެއެވެ.

އަޕޫ ސަކަރް އާއި އޭނާގެ އާއިލާގެ އެ އާއިލާ ފިރިހެން މެންބަރުންގެ ފިންގާޕްރިންޓެއް ނުހުރެއެވެ.

މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކޮންޑިޝަންއެއް ކަމަށްވާ އެޑެރްމެޓޮލީފިއާ އެވެ. އެ މީހުންގެ އިނގިލީގައި އާއި، ފައިގެ އިނގިލީގައި އާއި އަތްތިލައިގެ ހަންގަނޑުގައި ފައިގެ ދަށްފުށުގައި މައްސަލަތަކެއް ހުރެއެވެ.

މިކަމުގެ ސަބަބުން އެ އާއިލާއަށް ތަކުލީފުތަކެއް އުފުލަން ޖެހުނެވެ. ހާއްސަކޮށް ގައުމުތަކަށް އެތެރެވާއިރު، ފިންގާޕްރިންޓް ޖަހަން ޖެހޭއިރު، އެކަމުގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ.

އަޕޫގެ ކާފަ ކުޑައިރު، އެކަން މައްސަލައަކަށް ނުވިނަމަވެސް، މިހާރު އެއީ އުނދަގޫ ކަމެކެވެ.

އަޕޫ ބުނީ، އެއީ ބޮޑު މައްސަލައެއް ކަމަށް އޭނާގެ ކާފައަށް ކުރިން ހީވެފައި ނުވާ ކަމަށެވެ.

ބަންގްލަދޭޝް އިން 2008 ވަނަ އަހަރު ތެރޭގައި ބޮޑެތި މީހުންނަށް ހާއްސަ އައިޑީކާޑް ތައާރަފް ކުރިއެވެ. އެހެން ނަމަވެސް، ސަރުކާރުގެ މުވައްޒަފުންނަށް އަޕޫގެ ބައްޕަ އަމާލްއަށް އެ ކާޑު ދޫކުރަން ނޭނގުނެވެ. އެއީ ޑާޓާ ބޭސްއަށް އިނގިލީގެ ނިޝާން ބޭނުން ވާތީ އެވެ.

ފަހުން އަމާލްއަށް ލިބިފައި ވަނީ އިނގިލީގެ ނިޝާން ނެތް ކަމަށް ޖަހާފައިވާ ކާޑެކެވެ.

އާއިލާއިން އެ މީހުންނަށް ދިމާވެފައިވާ މި ހާލަތު މީހުންނަށް ކިޔާދީ ވަރުބަލިވެއްޖެ އެވެ. އަދި ފިންގާޕްރިންޓް ނެތުމުގެ ސަބަބުން ދިމާލާ ދަތިތަކާއި ހެދި ވަރުބަލިވެއްޖެެއެވެ.

ކިޔުންތެރިންގެ ހިޔާލު