ދުނިޔޭގެ ރީތީގެ ރާނީގެ ލަގަބް ލިބުނު އައިޝްވާރިޔާ ރާއި ބައްޗަންއަކީ ބޮލީވުޑުގެ ހުނަރުވެރި ބަތަލާއެކެވެ. އޭނާ އަށް އެންމެންގެ ލޯތްބާއި ސަމާލުކަން ލިބޭ އެންމެ ބޮޑު އެއް ސަަބަބަކީ އޭނާގެ ތަފާތު ރީތިކަމެވެ.

އަބަދުވެސް ގެއިން ބޭރަށް ނިކުންނަ އިރު އައިޝްވާރިޔާ ބޭނުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެ ސާދާކޮށް ހުންނާށެވެ. ބޮލުގެ އިސްތަށިގަނޑުން ފެށިގެން މޫނުމައްޗާއި ލާފައި ހުންނަ ހެދުމުން ވެސް އަބަދުވެސް އޭނާގެ ރީތިކަން ފެނި ހައިރާން ނުވާނެ އެއް ކަމެއްް ވެސް ނެތެވެ. އައިޝްވާރިޔާ ބުނާ ގޮތުން ފެންވަރަން އޭނާ ގެންގުޅޭ ޕްރޮޑަކްޓްތަކަށް އޭނާ ވަަރަށް ޚާއްސަ ސަމާލުކަމެއް ދެއެވެ.

ލަކްސް ފަދަ ބްރޭންޑް އެމްބެސެޑަރުކަން ކުރާ އައިޝްވާރިޔާ އަށް ފެންވަރަން އެންމެ ކަމުދަނީ އަނބު ބޮޑީ ސްކްރަބްއެވެ. އަނބު ބޮޑީ ސްކްރަބްގެ ތެރެއިން ވެސް އޭނާ އަށް އެންމެ ރަނގަޅީ ގޭގައި ތައްޔާރު ކުރާ ސްކްރަބް ކަަމަށް އައިޝްވާރިޔާ ވަނީ ބުނެފައެވެ. އެ ސްކްރަބް ތައްޔާރު ކުރަނީ ކުޑަކޮށް ކޮށާފައިވާ އަނބަށް ގީ އާއި ހަކުރު އަޅާ އެއްކޮށްގެންނެވެ. އަނބަކީ ވިޓަމިން އޭ ގިނަ އަދަދަކަށް އެކުލެވޭ އެއްޗަކަށް ވުމުން މަރުވެފައިވާ ސެލްތައް ހަންގަނޑުން ނައްޓަން އަނބު އެހީތެރިވެދެއެވެ.

އައިޝްވާރިޔާ ރާއި ބައްޗަންއަކީ 1994 ވަނަ އަހަރުގެ ދުނިޔޭގެ ރީތީގެ ރާނީއެވެ. މީގެ އިތުރުން އައިޝްވާރިޔާއަކީ ބޮލީވުޑުގައި ވެސް ކާމިޔާބު އެތައް ފިލުމުތަކެއް ކުޅެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ.

އައިޝްވާރިޔާގެ އެންމެ ކާމިޔާބު ފިލުމުތަކުގެ ތެރޭގައި ''ހަމް ދިލް ދެ ޗުކެ ސަނަމް''، ''ދޭވްދާސް''، އެ ދިލްހެ މުޝްކިލް'' ހިމެނެއެވެ. ދެން އެންމެ އަވަހަށް އައިޝްވާރިޔާ ފެނިގެންދާނީ މި އަހަރުގެ ޑިސެމްބަރުގައި އަޅުވަން ތާވަލު ކުރެވިފައިވާ ''ޖެސްމިން: އަ ލީސްޑް ވޮމްބް''އިންއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ރީނީ

  އަޅެ ފަހެ އައިޝްވަރިޔާ ކޮންމެ އެއްޗަކުން ފެން ވެރިޔަސް އަހަރުންނަށް ކޮންކަމެއް.

  19
  2
 2. އައިޝް

  ކިތަންމެ ރީތިވިޔަސް މުސލިމެއް ނޫނިއްޔާ އެ ރީތިކަން އެއީ ހަމަ އެކަނި މިދުނިޔޭގެ އެއްޗެއް. މީ ވަރަށް ވާހަކަ..

  30
  1
 3. ހުސޭނުބޭ

  ލިޔުމަކުން ސާބިތެއްނުވޭ އައިސްވާރިޔާ ފެންވަރާކަމެއްވެސް! ބޭނުންކުރަނީ އަނބުބޮޑީ ސްކްރަބް ކަމެއް މީދަލު ނަގޫ ސްކްރަބްކަމެއް ނޫނީ ގެރިގުއި ސްކުރަބްކަމެއްވެސް ނޭގުނު! މީ ހަމަ ޖާދުލެއް ފަދަ ލިޔުމެއް!

  20
  1
 4. ނުހާ

  ތި އައިޝްވާރިޔާމެން ރީތިވީމަ މިހާރު ހިރުހުރިހާ ގޮތަކަށް މަޖާކޮށްފަ ބޭނުންހާގޮތަކަށް އުޅެވިދާނެ. ކާކަށް އިންގޭނީ މަރުވާނެ ވަގުތެއް. އެދުވަހުން ރިރީތިކަމުގެ ފައިދާ ނެގޭނެތަ؟

 5. ލާދީނީ އަންނި

  އަޅުގަނޑުވެސް ދެންބޭނުން ކުރާނީ އަނބު ބޮޑީ ސްކްރަބް..🥰

 6. އަސްލުވެސް

  ހުސޭނުބޭ 🤣😂🤣😂 ތިބުނުއްވީ ހަމަ ރަނގަޅަ ހީހީ ހަލާކުވެއްޖެ🤣😂🤣😂😂😂😂😂😂