ކޮންމެ މީހަކުވެސް ޒުވާން ކަންމަތީގައި ހުރެވޭތޯ ބަލައެވެ.ދެރަކަމަކީ އަހަރަކަށް ފަހު އަހަރެއް ފާއިތުވަމުން ދާވަރަކަށް ކޮންމެ މީހަކަށް ވެސް ބަދަލުތަކެއް އަންނަމުން ދާތީއެވެ. އުމުރުން ދުވަސް ވަމުން އަންނަ ވަރަކަށް މި ބަދަލުތައް އަންނަމުން ދާނެއެވެ. އަހަރަކަށް ފަހު އަހަރެއް ފާއިތު ވަމުންދާ ވަރަކަށް ވަރުބަލިކަން އިހްސާސް ވަމުން ދެއެވެ.އެހެންކަމުން ހަންގަނޑުގައި ރޫޖެހޭ ގޮތް ދިމާވެއެވެ.

ތި ހީކުރެވެނީ ރަނގަޅަށެވެ. މުސްކުޅިވަނީ އެވެ. މީގެ އެތަކެއް އަހަރުތަކެއް ކުރިން ވެސް އަންހެން ބޭކަނބަލުން މިކަންތައްތަކަށް ސަމާލުކަން ދޭތަން ފެންނަމުން ދެއެވެ.

މިގޮތުން ޗިކާގޯއަށް ނިސްބަތްވާ 67 އަހަރުގެ އަންހެނަކު ޒުވާން ކަންމަތީ ދެމިހުރުމަށް މޭކަޕް އަދި ކޮސްމެޓިކް އިންޖެކްޓު ކުރުމަކާ ނުލާ ކުރެވިދާނެ ކަމެއް ހޯދައިފިއެވެ.އޭނަގެ ރީތިކަމާ ޒުވާން ކަން ފެނި އޭނަގެ އުމުރު އިނގޭ މީހަކު ހައިރާން ވާނެއެވެ.

އޭނަ ބަލާބެލުމަށް 67 އަހަރުގެ މީހެއްހެން ހީވެސް ނުވާނެއެވެ.ފެންނަ ފެނުމަށް ހީވާނީ އޭނާގެ އުމުރަށް ވުރެން 20 އަހަރު ކުޑަހެންނެވެ.

ބައެއް މީހުންނާ ދިމާކުރުމުގެ ގޮތުން އޭނައަށް ވާނީ ކިތައް އަހަރުތޯ އޭނައާ ދިމާވާ މީހުން ކައިރިންއަހާފައެވެ. ބަލާބެލުމަށް ޒިންމާދާރު ހަރު އަންހެނެއްގެ ގޮތަށް ހުރިނަމަވެސް މޫނުމަތީގައި ހުރި ރީތިކަމާ ޒުވާންކަން ފެނި ބަޔަކު ހައިރާން ނުވެއެއް ނުދާނެއެވެ. އޭނަގެ އުމުރު ބުނެލުމުން ބައެއް މީހުން ގަބޫލުވެސް ނުކުރެއެވެ. ބައެއް މީހުންނަށް ގަބޫލު ނުވުމުން އޭނަގެ ލައިސަންސް ފަދަ އެއްޗެހި ދައްކާފަ ހަދައެވެ.

މީހުންގެ ތައުރީފްގެ ބަސްތަކަށް ހިނިތުންވުމާއެކު އޭނާ ބަލައިގަނެއެވެ. މީހުންގެ ތައުރީފުގެ ބަސްތަކަށް ޖޯކްޖަހާ އޭނަ ހަދައެވެ. ބައެއް މީހުން އޭނާ ޒުވާން ކަންމަތީ ހުރުމުގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނަ އަކީ އެހެން މީހުން ފަދަ އާދައިގެ މީހެއްކަމަށް އޭނާ ބުނެއެވެ.

މިއަންހެން މީހާ ބުނެފައިވަނީ މީގެ އަހަރުތަކެއް ކުރިން ޖެނީވާ ސައިންސްޓިސްތަކެއް އިންޖެކްޝަން އާ ނުލާ ހަންގަނޑު ރީތި ކުރާނެ މާއްދާ އެއް ތައާރަފް ކުރިކަމަށެވެ. އޭނާ ބުނީ އޭނަ އަކީ ސައިންސްޓިސްޓެއް ނޫން ކަމާއި އެ ކޮން އެއްޗެއްކަންވެސް ނޭނގޭކަމަށެވެ. އެމީހުން ކަންތަށް ކުރިގޮތް މި އަންހެންމީހާ ކިޔާދިނެވެ. މިއީ އެ މީހުން އިންޖެކްޝަންގެ ބޭނުން ނުކޮށް ހަންގަނޑު ދޭތެރެއަށް ދޫކޮށްލާ މާއްދާ އެއް ކަމަށް މި އަންހެން މީހާ ބުނެފައި ވެއެވެ.

މިއަންހެން މީހާ ބުނެފައިވަނީ ދުވަހަކުވެސް ހަންގަނޑު ރީތިކުރުމަށްޓަކައި އެއްވެސް ވައްތަރެއްގެ ސާރޖަރީ އެއް ހަދާފައި ނުވާ ކަމަށެވެ.

އޭނާ ބޭނުންކޮށްފައި ވަނީ "ކޮސްމެޑިކް" ގެ ނަމުން ނަން ދެވިފައިވާ މޫނުގައި ހާކާ ކްރީމެކެވެ، މި ކްރީމް ބޭނުން ކުރަން ފަށާތާ 18 ހަފްތާ ތެރޭގައި ބަދަލު ފެނިގެން ދާނެ ކަމުގައި މިއަންހެން މީހާ ބުނެފައި ވެއެވެ. އަދި ބައެއް މީހުންނަށް 10 ދުވަސް ތެރޭގައި ބަދަލު އަންނަ ކަން އިނގެން ފަށާނެ ކަމަށް މި އަންހެން މީހާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދީ

    ކޮސް މެޑިކް ހުރީ ކޮންތާކު؟؟

    10