2010 ވަނަ އަހަރު ފިލުމު ''ވީރު'' އިން ސަލްމާން ޚާނާއި އެކު ފެނިގެންދިޔަ ޒަރީން ޚާނާއި ބަތަލާ ކެޓްރީނާ ކައިފް އާ ވައްތަރުކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެކަން ޒަރީން ޚާނަށްވީ ގެއްލުމަކަށެވެ.
11 އަހަރުގެ ފިލުމީ ކެރިއަރގައި ޒަރީން ޚާން ކުޅެފައިވަނީ ''ހައުސްފުލް 2''، ''ހޭޓް ސްޓޯރީ 3''، ''އަކްސަރ 2''، ''1921'' ފަދަ މަދު ފިލުމުތަކަކާއި ބައެއް ފިލުމުތަކުގައި ހާއްސަ ލަވަތަކުން ވެސް ފެނިފައިވެއެވެ.
ކެޓްރީނާއާ ވައްތަރުވުމުން އެކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ކޮށްފައިވާ ސުވާލަށް ޖަވާބުދެމުން ޒަރީން ބުނެފައިވަނީ އެއްވެސް ޑައިރެކްޓަރަކު މީހަކާއި ވައްތަރު މީހަކާއިއެކު ފިލުމެއް ހަދަން ބޭނުންނުވާ ކަމަށެވެ.
''ކޮންމެ މީހަކު ވެސް އިންޑަސްޓްރީއަށް އަންނަނީ އެމީހެއްގެ އަމިއްލަ ނަމެއް ހޯދުމަށް. އެހެންމީހެއްގެ ހިޔަންޏަށް ނުވަތަ އެހެން މީހަކާއި ވައްތަރު މީހަކަށް ވާކަށް ނޫން. އަމިއްލަ ނަމެއް ހޯދުމަށް 11 އަހަރު ވަންދެން އަހަރެން މި އިންޑަސްޓްރީގައި ވަރަށް ބުރަކޮށް މިއަދާއި ހަމައަށް ވެސް މަސައްކަތް ކޮށްފިން. ނަމަވެސް ކޮންމެ މީހަކު ވެސް ބުނަނީ އަހަރެންނަކީ ކެޓްރީނާއާ ވައްތަރު މީހެއް ކަމަށް. އޭނާގެ ''ޑުބްލިކޭޓް'' އެއް ކަމަށް. އެއްވެސް ޑައިރެކްޓަރަކު އެހެން މީހަކާއި ވައްތަރު ނުވަތަ ''ޑުބްލިކޭޓް'' އަކާއި އެކު ފިލުމެއްގައި މަސައްކަތް ކުރާކަށް ބޭނުމެއް ނުވޭ'' ޒަރީން ބުނެފައިވެއެވެ.
ޒަރީން ޚާނަކީ ހަމައެކަނި ކެޓްރީނާއާ ވައްތަރު މީހެއް ނޫންކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށް ވެސް ޒަރީން ބުނެފައިވެއެވެ. ބައެއް މީހުން ބުނާގޮތުގައި އޭނާ ވައްތަރީ ޕޫޖާ ބަޓްއާއިއެވެ. ބައެއް މީހުން ބުނަނީ އޭނާ ވައްތަރީ ޕްރިތީ ޒިންތާއާ ކަމަށެވެ. އަދި ސަނީ ލިއޯންއާއި ވައްތަރު ކަމަށް ވެސް ބައެއް މީހުން ބުނެފައިވާކަން ޒަރީން ފާހަގަ ކުރިއެވެ.
މީހާ ރީތިނަމަވެސް އެކްޓްކު ރަން ނޭގޭނަމަ ކު ރާނެ ކަމެއް ނޯން ނާނެ ދޮއްތަ