ސުޝާަންތު ސިންގް ރާޖުޕޫތުގެ ދެބެއިންގެ ދެދެރި މީހެއް ކަމުގައިވާ ރާޖުކުމާރު ސިންގްއާއި އޭނާގެ ރަހުމަތްތެރިޔާ ޢަލީ ހަސަންގެ ގަޔަށް ބަޑި ޖަހައި އެ ދެ މީހުން ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު 11:30 ހާކަށްހާއިރު ރާޖުކުމާރާއި އަލީ ހަސަން މާދެޕޫރާ އަވަށަށް ދިޔަ މަގުމަތީގައެވެ.

އެނގިފައިވާ ގޮތުގައި ރާޖުކުމާރަކީ ކޮންމެ ދުވަހަކު ވެސް އޭނާގެ ތިން ޝޯ ރޫމަށް ޒިޔާރަތް ކުރާ މީހެކެވެ. ސަހަރްސާ، މާދެޕޫރާ އަދި ސޯޕަލް އަވަށުގައި ހުންނަ އޭނާގެ ޔަމަހާ މޮޓޯބައިކް ޝޯ ރޫމުގެ ވިޔަފާރީގެ ކަންތައްތައް ބަލައިލުމަށް ކޮންމެ ދުވަހަކު ވެސް ރާޖުކުމާރު ދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރާޖުކުމާރުއާއި އަލީ ހަސަން ސަހަރްސާ ކޮލެޖާއި ހަމައަށް ދެވުނުތަނާ ކާކުކަން ނޭނގޭ ގޮތަށް ތިބި ތިން މީހަކު އައިސް ރާޖުކުމާރުމެން ތިބި ކާރުގެ ކުރި މައްޗަށް އައުމަށްފަހު ބަޑި ޖެހީ އެވެ.

މި މައްސަލާގައި ކުށްވެރިވާ މީހުން ވަރަށް ފަސޭހައިން ދެނެގަނެވޭނެ ކަމަށާއި ވަރަށް އަވަހަށް އެމީހުން ހައްޔަރު ކުރާނެ ކަމަށް ވެސް އެސްޕީ ލިޕި ސިންގް ބުނެފައިވެއެވެ.

މި ހާދިސާ ހިނގިތާ ހުރި މީހެއް ވަނީ މި ދެމީހުން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. އަދި އަލީ ހަސަން ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ކަމަށާއި ރާޖުކުމާރުގެ ހާލަތު ރަނގަޅު ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ސަހަރްސާ ޕޮލިހުން ބުނާގޮތުގައި މިއީ މުދަލާއި ބެހޭގޮތުން ހިނގި ހަމަނުޖެހުމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.