އިންޑިއާގައި ދެމަފިރިޔަކު މި ވަނީ ނީލަންކަރައި ކަނޑުގެ 60 ފޫޓު އަޑިއަށް ދަތުރުކޮށް ކައިވެނީގެ ގޮށް ޖަހައި އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ. މިއީ އިންޑިއާގައި މިފަދަ ގޮތަކަށް ކުރި ސަގާފީ ފުރަތަމަ ކައިވެންޏެވެ.

"އަޅުގަނޑުމެންގެ ކައިވެނި ކުރިއަށްގެންދިޔައީ ކަނޑު އަޑީގައި، އަޅުގަނޑުމެން ބޭނުންވި ގަޑީގައި ޑައިވްކޮށް،ދެ މީހުންވެސް މި ވަނީ އިންޑިއާގެ ސަގާފީ ގޮތަށް ކައިވެނިކޮށްފައި"

ޗިންނަޑުރާއި ނަމަކަށް ކިޔާ އެ ފިރިހެން މީހާ އާއި އެސް ސްވެތާ ދެ މީހުންނަކީ ސޮފްޓްވެއާ އިންޖީނިއަރުންނެވެ.

https://youtu.be/9vGSuIBQ0WQ

އަދި ޗިންނަޑުރާއަކީ ލައިސަންސް އޮތް ސްކޫބާ ޑައިވަރެކެވެ. ސްވެތާ ދަނީ މިދިޔަ މަހުން ފެށިގެން ޑައިވިންގ ދަސް ކުރަމުންނެވެ.

އެ މީހުން ކައިވެނި ކުރުމަށް ބޭނުންކޮށްފައި ވަނީ އިންޑިއާގެ ސަގާފީ ހެދުމެވެ. އެގޮތުން ސްވޭތާ ސާރީއެއް އަޅައިގެން ހުރިއިރު، ޗިންނަޑުރާ ލައިގެން ހުރީ ވެޝްޓި އެކެވެ. އެ މީހުންގެ ސަގާފީ ގޮތަށް ކައިވެނި ކުރިއަށް ދިޔައީ ކަނޑު އަޑީގައެވެ.

އެ މީހުން ކަނޑުއަޑީގައި ކައިވެނި ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާއްމުވެފައެވެ. މީގެ ކުރިންވެސް މިފަދަ ކައިވެނިތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ކައިވެނިތައް ކުރިއަށް ގެންގޮސް އާއްމުންގެ ސަމާލުކަން ލިބިފައި ވެއެވެ.