ބޭނުންވާ ތަކެތި:

1/2 ޖޯޑު ފުށް
1/2 މޭޒުމަތީ ސަމުސާ ކޯން ސްޓާޗް
1/2 ޖޯޑު ހަކުރު
1 ސައިސަމުސާ ވެނީލާ ޕައުޑަރ
1 މޭޒުމަތީ ސަމުސާ މިލްކް ޕައުޑަރ
4 ބިސް
1 ބިހުގެ ގޮބޮޅި
1/2 ޖޯޑު ބަޓަރ
5 ޖޯޑު ވިޕިންގް ކްރީމް
1 ޖޯޑު ޗީޒް (ގާނާފައި)

ތައްޔާރު ކުރާނެ ގޮތް:

ފުށް، ހަކުރު، ކޯން ސްޓާޗް، މިލްކް ޕައުޑަރ، ވެނީލާ ޕައުޑަރ، ބިސް އަދި ބިހުގެ ގޮބޮޅި އަޅާ އެއްކޮށްލާށެވެ. ދެން ބަޓަރު އަޅާ އެއްކޮށްލާށެވެ.

ދެން ޓްރޭއަށް އަޅާ 350 ޑިގްރީގައި 30 މިނެޓް ފިހެލާށެވެ. ފިހެވުމުން މައްޗަށް ވިޕިންގް ކްރީމް އަޅާފައި އޮޅާލާށެވެ. އަދި ފޮތިކޮށްގެން ޗީޒް އާއި އެއްކޮށް ސާވް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު