މިި ރީތި މަންމައަަށް ވީ އެންމެ 27 އަހަރެވެ. ކެންސަރު ބަލީގައި އޭނާ މަރުވިއިރު، އޭނާ މަރުވުމުގެ މަހެއްހާ ދުވަސް ކުރިން އޭނާގެ ހަށިގަނޑުން ކެންސަރު ނައްތާލެވިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

އިންގްލޭންޑަށް ނިސްބަތްވާ އަޝްލެއިގް ވިޓޭކާ އަކީ މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކެންސަރުގެ ވައްތަރެއް ކަމަށްވާ އެވިންގ ސަރްކޮމާ ޖެހުނު މީހެެކެވެ. އަހަރެއް ވަންދެން އޭނާ އެ ބަލީގައި އުޅުނުއިރު، މިދިޔަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައި އޭނާ އެ ބަލިން ސަލާމަތްވެއްޖެ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

އޭނާ ލޯބިވެރިޔާ މިޝެލް އެންޓްރޮބަސް ބުނީ، އަޝްލެއިގް ބަލިން ރަނގަޅުވިކަން އެނގުމާއެކު ވަަރަށް ބޮަޑަށް މުސްތަގުބަލާއި މެދު އުުފާވެފައިވާ ކަމަށެވެ. އަދި ދެ މީހުން ކައިވެނި ކުރުމަށް ހެދުން ގަތުމުގެ ކަންކަންވެސް ކުރިއަަށްގެންދިޔަ ކަމަށް ބުންޏެވެ.

އެހެން ނަމަވެސް އެ އުފާވެރިކަން ވިއްސިވިހާލި ވެގެން ދިޔައީ، ޖެނުއަރީ 30 ވަނަ ދުވަހު އަޝްލެއިގް ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލަށް ދާން ޖެހުނު ހިސާބުންނެވެ.

ޑޮކްޓަރަށް ދައްކަން އޭނާ ދިއުމުން، ހޮސްޕިޓަލްގައި އޭނާ އެޑްމިޓް ކުރިއެވެ. ޑޮކްޓަރުން ވަނީ އޭނާގެ ހަށިގަނޑަށް ކެންސަރު އެނބުރި އައިސްފައިވާ ކަމަށް ބުނެފައެވެ. އޭގެ އަނެއް ދުވަހު އޭނާ ވަނީ އެ ބަލީގައި މަރުވެފައެވެ.

އޭނާ މި ދުނިޔެއާ ވަކިވެގެން ދިޔައީ، 10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބައިވެރިވާ އާއި 10 އަހަރުގެ ދަރިފުޅު ޖޯޑަން ދޫކޮށްލުމަށް ފަހު އެވެ.

މިޝެލް ބުނީ، އޭނާއަކީ ވަރަށް ހެޔޮ އަދި ވަރަށް ރަނގަޅު މީހެއް ކަމަށެވެ. އަދި ދިމާވާ ކޮންމެ މީހަކަަށްވެސް އެހާ ހެޔޮ މީހެއް ކަމަށް ބުންޏެވެ.

އޭނާގެ މުޅި ދިރިއުޅުން އުފުށް މިފުށަށް ޖެހުނީ އަޝްލެއިގްގެ މަރާއި އެކުގައި ކަމަށާއި، އޭނާ ދިޔަހެންވެސް ހީނުވާ ކަމަށެވެ.

"އަހަރެންނަށް ކުރެވޭނެ ކަމެއް ނެތް، މުޅި ހިތްފުނޑުފުނޑުވެއްޖެ". އޭނާ ބުނެފައި ވެއެވެ.

އަޝްލެއިގްގެ އަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ އެ ކެންސަރު ޖެހިފައިވާކަން އެނގުނީ ޖެނުއަރީ 2020 ގައެވެ. އޭނާގެ އެ ކެންސަރުގެ ސަބަބުން ޓިޝޫ އާއި ކަށިތަަކަށް ގެއްލުންވެއެވެ.

އޭނާ 12 މަސް ވަންދެން އެ ބައްޔާއި ހަނގުރާމަ ކުރިއެވެ.އެތައް ހަރަދެއް ކުރިއެވެ. ކީމޯތެރަޕީ އާއީ ރޭޑިއޯ ތެރަޕީ ނެގިއެވެ.އަދި އެ ބަލިން ޑިސެންބަރު މަސް ތެރޭގައި ސަލާމަތްވެސް ވިއެވެ.

އޭނާ މަރުވިއިރު، ކައިރީގައި ލޯބިވާ ގިނަ ބަޔަކު ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު