ގޭމް އޮފް ތްރޯންސްގެ ތަރި ރޯޒް ލެސްލީ އާއި ކިޓް ހެރިންގްޓަން އަށް ދަރިއަކު ލިބިއްޖެ އެވެ.

ބޭރުގެ ނޫހަކަށް މަޢުލޫމާތު ދެމުން މި ދެމެފިރިން ބުނީ އެމީހުންނަށް ފިރިހެން ކުއްޖަލު ލިބިފައިވާ ކަމަށާއި ވަރަށް އުފާވާ ކަމަށެވެ.

ރޯޒް ބަލިވެއިންކަން ހާމަކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ފޮޓޯޝޫޓެއްގެ ތެރެއިންނެވެ. ޖީއޯޓީ ގައި ޖޯން ސްނޯގެ ކެރެކްޓާއިން ފެނިގެންދާ ކިޓް ހެރިންގްޓަން އާއި އޭނާގެ އަންހެނުން ރޯޒް ލެސްލީ ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ގޭގައި އޮޅުކޮށްގެން ގެންގުޅެން ޖަނަވާރެއްވެސް ހޯދާފައި އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުން ގޭގައި ގެންގުޅެން ކުއްތާއެއް ހޯދި ކަމަށާއި އެކަމަށްވެސް އުފާވާކަން ދެތަރީން ވަނީ ފާހަގަ ކޮށްފަ އެވެ.

ރޯޒް ލެސްލީ އާއި ކިޓް ހެރިންގްޓަން ކައިވެނި ކުރީ 2018 ވަނަ އަހަރުގައި އެވެ. ދެތަރީންގެ ކައިވެންޏަށް ޖީއޯޓީގެ ތަރިން ވަނީ ގޮސްފަ އެވެ. އޭގެ ތެރޭގައި އެމީލިޔާ ކްލާކް އާއި ސޯފީ ޓާނާ އާއި މެއިސީ ވިލިއަމްސް ހިމެނެ އެވެ.