ބޭނުންވާނެ ތަކެތި

1/2 ބީޓްރޫޓް (ތުނިކޮށް ކޮށާފައި)

2 ޖޯޑު ބަތް ( އާދައިގެ ނުވަތަ ބާސްމަތީ)

1/2 ކެރެޓް (ތުނިކޮށް ކޮށާފައި)

1 ފިޔާ (ތުނިކޮށްކޮށާފައި)

50 ގްރާމް ކެބެޖް (ތުނިކޮށް ކޮށާފައި)

25 ގްރާމް ލީކްސް އަދި 25 ގްރާމް ކެޕްސިކަމް

3 ލޮނުމެދު ( ތުނިކޮށް ކޮށާފައި)

ހިކަނދިފަތް ( ކުދިކޮށް ކޮށާފައި)

ވަޅޯމަސް (ތުނިކޮށް ކޮށާފައި)

ގިތެރޮ މިރުސް ( ކުޅިވާވަރަށް)

ރަހަލާވަރަށް ލޮނު ކޮޅެއް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތެއްޔެއްގައި ތެޔޮފޮދެއް ހޫނުކޮށް، ފިޔާކޮޅު ރަތް ކުރާށެވެ. ފިޔާތަަކަށް ރަތްކުލަ އަޅަން ފެށުމުން ހިކަނދިފަތް އަދި ލޮނުމެދު ކޮޅު އަޅާލާށެވެ. އޭގެ ފަހުގައި ، ކެރެޓް، ކެބެޖު ،ކެޕްސިކަމް އަދި ލީކްސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ވަޅޯވާން ފެށުމުން ބީޓްރޫޓް އަދި މަސް އަޅާ އެއްކޮށްލާށެވެ. ދެން ލޮނު ކޮޅެއް އަޅައި ކުޅި ރަހަ ލަންދެން މިރުސް އަޅާށެވެ. އޭގެ ފަހުން ބަތްކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާނީއެވެ،

ކިޔުންތެރިންގެ ހިޔާލު