މަގުމަތީގައި ހިނގާ މަރާމާރި ނުވަތަ ހަމަނުޖެހުންތަކަކީ ވަރަށް ވެސް ނުރައްކާތެރި ކަންކަމެވެ. މި ފަދަ ބައެއް ހަމަނުޖެހުންތަކުގެ ސަބަބުން ވަރަށް ހިތާމަވެރި ކަންތައްތަކާ ވެސް ކުރިމަތިލާން ޖެހެއެވެ.

ސްކޮޓް ލޭންޑުގައި އަންހެނަކާއި ފިރިހެނެއްގެ ދެެމެދުގައި ހިނގި މިފަަދަ ހަމަނުޖެހުމެއްގައި ވެސް ވަރަށް ހިތާމަވެރި ކަމެއް ކުރިމަތިވިއެވެ. މި ހަމަނުޖެހުމުގެ ތެރެއިން އަންހެން މީހާ ފިރިހެން މީހާގެ ދުލުން ބައެއް ބުރިކޮށްލައި އެއްލައިލުމުން ގާދޫންޏެއް ވަނީ އެބައި ކައިލާފައެވެ. މީގެ ސަބަބުން އެ ފިރިހެން މީހާގެ ދުލުގެ އެބައި އޮޕަރޭޝަން ކޮށްގެން ވެސް ރަނގަޅު ނުކުރެވޭނެއެވެ.

އެންޑިންގބާގް ޝެރިފް ކޯޓުގައި ވާހަކަ ދެއްކި މީހަކު ބުނެފައިވާގޮތުގައި، އުމުރުން 27 އަހަރުގެ ބެތެނޭ ރިޔާންއާއި ޖޭމްސް މެކް ކެންޒީގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގި އެވެ. އަދި ޖޭމްސް ރުޅި އައިސްގެން އޭނާގެ އަތް މުށްކަވާފައި ބެތެނޭ ގައިގައި ޖަހަން ދިޔުމުން ބެތެނޭ އެންމެ ފުރަތަމަ ޖޭމްސްގެ ތުންފަތަށް ދޮނެއް ދިނީ ކަމަށް ވެއެވެ. އަދި އޭގެ ފަހުގައި އޭނާގެ ދުލުގައި ދަތް އަޅައި ދުލުން ބައެއް ބުރިކޮށްލި ކަމަށް ބުނެފައި ވެއެވެ.

އަދި ދުލުން ބުރިކޮށް އެއްލައިލި ބައި ގާދޫންޏެއް ކައިލީ ކަމަށް ވެސް ކޯޓުގައި ވާހަކަ ދެއްކި ފުލުހަކު ބުނެފައިވެއެވެ. އަދި ޖޭމްސްގެ ދުލުން ލޭ މަނާ ނުވުމުން އޭނާ ހޮސްޕިޓަލަށް ގެންގޮސް އޭނާއަށްފަރުވާ ދީފައިވާ ކަމަށް ވެސް ފުލުސް އޮފިސަރު ބުނެފައިވެއެވެ.

ދުލުގެ އަނެއް ބައި ނެތުމުން ސާޖަރީއެއް ނުހެދޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަދީފުލް ކުމާރު

    ކޮންފާޑެއްގެ ދޫންޏެއް ތީ؟