ބޮލީވުޑްގެ ފިލްމީތަރި އައިޝްވާރިޔާ ރާއި ބައްޗަންއާ ވައްތަރު މީހެއް ޕާކިސްތާނުން ފެނިއްޖެއެވެ.

ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ކަމަށްވާ ރިތިކް ރޯޝަން، ޝާހް ރުކް ހާން، އަމީތާބް ބައްޗަންއާ ވައްތަރު މީހުން ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ އިރު މިފަހަރު މިވަނީ އައިޝްވާރިޔާއާ ވައްތަރު މީހަކަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

އައިޝްވާރިޔާއާ ވައްތަރު ކަމަށް ގިނަ ބަޔަކު ބުނާ އަމްނާ ނަމަކަށް ކިޔާ މި އަންހެން ކުއްޖާ ވަނީ އައިޝްވާރިޔާ ކުޅެފައިވާ ބައެއް ފިލްމުތަކުގައި އޭނާ ދައްކާފައިވާ ހުނަރުތައް ދައްކާލައިފައެވެ.

ޓިކްޓޮކްގައި އަމްމުޒް އަމްރުތާގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ އައިޝްވާރިޔާއާ ވައްތަރު ކަމަށް ބުނާ މި ކުއްޖާ ވަނީ ޓިކްޓޮކްގައި މިލިއަނަކަށްވުރެ ގިނަ މީހުންގެ ސަމާލުކަން ހޯދައިފައެވެ. އެގޮތުން 1.4 މިލިއަން މީހުން ޓިކްޓޮކް އިން އޭނާއަށް ފްލޯ ކުރެއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަމީތާބް

  ތިތަނުން ކޮބާ އައިޝްވާރިޔާ

  9
  2
  • 😏

   ލެފްޓުގަ އޭނީ އައިޝްވަރިޔާ

   3
   1
 2. އަމާމީކާ

  ކޯޗެއް ވައްތަރީ .....

  • ޒިމްޒިމް

   އަމީތާބަށް އޭނަގެ ދަނބިދަރި އޮޅޭނީ ކިހާވައްތަރުވީމަ...ހަމައެކަނި ތަފާތު ކަމަށްދައްކަނީ ތުންފަތް.. އެކުއްޖާގެ ތުންފަތް ހީވަނީ ފިނިފެންމަލެއް ފޮޅިފަ އިންނަހެން.

   • އއއއިބްރާހީމް

    ފިނިފެންމަލެއްހެން ފޮޅިފަ އޭނީ ކީއްވެގެންކަން އިނގޭތަ؟
    ޖ. އެއީ މަތީ ތުންފަތް މޭކަޕުން ބޮޑުކޮށްލާފަ އިނީމަ.
    ފިނިފެންމަލެއްހެން ފޮޅިފަޔޭ ބނީމަ ރަނގަޅަށް މިބަލާލީމަ ފެނުނީ. ހެހެެހެ