ލޯބިވެރިޔާ މަރަން އެހީތެރިވެދިން މީހާއާއި އެކީ ޒިނޭ ކުރަން އުޅުނު އަންހެނަކު އިންޑިއާއިން ހައްޔަރު ކޮށްފިއެވެ.

އިންޑިއާގެ ފުލުހުންނާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފައިވަނީ އުމުރުން 20 އަހަރުގެ އެ އަންހެން މީހާ އޭނާ ރައްޓެހިވެގެން އުޅުނު ފިރިހެން މީހާ މަރާލަން ނިންމާފައިވަނީ އޭނާ އާއި ކައިވެނި ކުރަން ދެކޮޅު ހެދުމުން ކަމަށެވެ.

އެގޮތުން އޭނާ މަރާލުމަށް އެ ފިރިހެން މީހާގެ ރަހުމަތްތެރިއެއް ކަމަށްވާ ބާރަތް ގުޖާރ ނަމަކަށް ކިޔާ މީހަކަށް 1.50 ލައްކަ ރުޕީސްގެ އިތުރުން އޭނާ އާއި އެކު ޒިނޭ ކުރާނެ ކަމަށް އަންހެން މީހާ ވަނީ ބުނެފައެވެ.

އަންހެން މީހާއާއި ގުޅިގެން އެ ފިރިހެން މިކަން ކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށާއި އޭރު މަރުވި ފިރިހެން މީހާ ހުރީ އިތުރު އަންހެނަކާއި ކައިވެނި ކޮށްގެން ކަމަށްވެސް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން އަންހެން މީހާއާއި އޭނާގެ މައިންބަފައިންގެ އިތުރުން އެކަން ކުރި ފިރިހެން މީހާ ހައްޔަރު ކޮށްފައިވާ ކަމަށާއި އެތަނުން ގުޖާރު އޭނާ މަރާލާފައިވަނީ އެންމެ ފުރަތަމަ ބަނގުރާ ބޯންދީގެން ކަމަށްވެސް ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

"މިހާރުގެ ތަހުގީގު ގޮސްފައިވާ ހިސާބަތް ބަލާއިރު، އެންމެ ފުރަތަމަ ގުޖާރ ވަނީ އެ ފިރިހެން މީހާގެ ބޯ ތަނެއްގައި ޖަހައި ފާޅާފައި. އޭގެ ފަހުން އޭނާ ކަރުގައި ވަޅި އަޅައި މަރާލީ." ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެ ފިރިހެން މީހާއާއި ގުޖާރުގެ އޮންނަނީ ލާރީގެ މުއާމަލާތް ކުރުން ކަމަށެވެ. އޭނާ މަރާލުމަށްފަހު ހަނަފަސް ތަނަކަށް އުކާލަން ދިޔަ މަގުމަތީ ސީސީޓީވީ ކެމެރާތަކަށް އަރާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުރާދު

    ހާދަރަހުމްކުޑަ ނުބައިކަންކަންކުރާފަރާތްތައް އިންޑިއާގަގިނައޭ މިހާރު ރޭޕްކުރުންވެސްދުނިޔޭގެ
    އެންމެކުރީގައިވާ ގައުމަކަށް އިންޑިއާވާނެ ވީމާ ، އަހިވަކަކާޖެހި، އަހިވަކެއްފާވާނޭބުނާއުސޫލުން
    ދިވެހިރާއްޖެއަށްވެސް މިބާވަތުގެ ވަބާފެތުރިދާނެކަމުގެބިރު ވަރަށްބޮޑު ވީމާ، ދިވެހިރާއްޖެއިން
    އިންޑިއާ އާއިގުޅުން ބަދަހިކުރުން ރަގަޅުތޯ؟ ވިސްނާލައްވާ