އިންޑިއާގެ އަވަށެއް ކަމުގައިވާ ނިއުދިއްލީގެ ދަނޑެއްގައި، އުމުރުން ސާދަ އަހަރުގެ އަންހެން ކުއްޖަކު އޭނާގެ މަންމަ އާއި އެކު މަސައްކަތް ކުރަން ހުރުމަށްފަހު، ކަރުހިއްކައި ގަނެގެން ގެޔަށް ދިޔުމުން ރޭޕްކޮށް އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކުއްޖާ ރޭޕް ކޮއްފައިވަނީ އުމުރުން 22 އަހަރުގެ ހަރެންޑާ ނަމަކަށް ކިޔާ މީހެެކެވެ. މިކަން ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ހަރެންޑާ އާއި ސުވާލުކުރުމަށް އެގެޔަށް ގޮސްފައިވެއެވެ.

އޭގެ ފަހުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، ފުލުހުންގެ އޮފިސަރަކު ހިނގަމުން ދަނިކޮށް މަޑު ފަސް ގަނޑަކަށް އެރުމުން އެތަން ކޮނެލުމުން 14 އަހަރުގެ އަންހެން ކުއްޖާގެ ހަށިގަނޑު ވަނީ ފެނިފައެވެ. އެ ކުއްޖާ ފެނުނުއިރު ގިނަ ޒަހަމްތަކެއް ލިބިފައިވާކަން ހާމަވާން ހުރުމުން ގަސްތުގައި އޭނާ މަރާލިކަން ހާމަވެފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ހަރެންޑާއެވެ. ފުރަތަމަ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ ގޮތުގައެވެ.

މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮއްފައި ވަނީ އޭނާގެ މަންމަ އާއި ދައްތަ އެކުގައި ހޯދަން ހިނގައި ނުފެނިނުމުންނެވެ. މި ހޯދި ހޯދުމުގައި ހަރެންޑާ އުޅޭ ގޯތި ދެފަހަރަކު ބެލި ކަމަށް އާއިލާ އިން ބުނެފައިވެއެވެ. ފުރަތަމަ ފަހަރު ހަރެންޑާ އާއި ދިމާވި ނަމަވެސް ދެވަނަ ފަހަރު ދިޔަ އިރު ގޭގެ ދޮރު ހުރީ ތަޅުލައިފައި ކަމަށް އެމީހުން ފާހަގަ ކޮއްފައިވެއެވެ.

މިކަމާއި ގުޅިގެން ކުއްޖާގެ އާއިލާއިން އަނުޕްޝަަހަރް ޕޮލިސް ސްޓޭޝަނަށް ގޮސް މައްސަލަ ހުށަހެޅީވެސް އާއިލާއިންނެވެ. އަދި މި މައްސަލަ އާއި ހަރެންޑާ އާއި ގުޅުމެއް އޮތްކަމަށް އާއިލާއިންވެސް ތުހުމަތު ކުރިއެވެ.

މި މައްސަލަ ހުށަހެޅުމާއެކު ހަރެންޑާ އާއި ސުވާލު ކުރުމަށް އޭނާ ހޯދަން ފުލުހުން ކުރި މަސައްކަތުން އޭނާ ހުރީ ދިއްލީ އިން ބޭރުގައިކަން އެނގިފައި ވެއެވެ. ނަމަވެސް އެހެން ސަރަޙައްދުތަކުގެ ފުލުހުންނާއި ގުޅިގެން އަނުޕްޝަހަރުގެ ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން މި މައްސަލަ އާއި ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގަށްފަހު ނޫސްތަކަށް މައުލޫމާތުދެމުން ބުނެފައި ވަނީ ކުއްޖާ ރޭކްކޮށް މަރާލި ކަމަށް ހަރެންޑާ އިއުތިރާފުވެފައިވާ ކަމަށެވެ. ނަމަވެސް މިކަމާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު