އުމުރުން 15 އަހަރުގައި ލިބުނު ކައިވެނީގެ ހުށަހެޅުމަކަށް ނޫނެކޭ ބުނުމުން، އިންޑިއާއަށް ނިސްބަތްވާ ޕްރަމޮޑިނި ރައުލް ނަމަކަށް ކިޔާ މި އަންހެން މީހާއަށް ލިބުނީ އެސިޑްގެ ހަމަލާއެވެ. އެ ހަމަލާއަށްފަހު ޖެހުނީ ހޮސްޕިޓަލްގައި އެޑްމިޓް ވާށެވެ. ހޮސްޕިޓަލްގައި އެތައް ދުވަހެއް ވަންދެން ފަރުވާ ހޯދުމަށްފަހު، އޭނާ މިހާރު ވަަނީ ކައިވެނިކޮށްފައެވެ. އޭނާ ކައިވެނި ކޮށްފައި ވަނީ އޭނާ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށް ދިމާވި މީހަކާ އެވެ.

އޭނާ ކައިވެނިކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ސަރޯޖް ސަހޫ އާއެވެ. މާރިޗް އެއް ވަނަ ދުވަހު އޭނާ ކައިވެނި ކޮށްފައި ވަނީ އޮޑިޝާގައެވެ.

ޕްރަމޮޑިނި އާއި ސަރޯޖް ދިމާވެފައި ވަނީ 2018 ވަނަ އަހަރު ތެރެގައެވެ. އެއިރު ސަރޯޖް އަކީ ޕްރަމޮޑިނި އަށް ފަރުވާދެމުން ދިޔަ ހޮސްޕިޓަލްގައި މަސައްކަތް ކުރި ނަރުހެއްގެ ރަހުމަތްތެރިއެކެވެ. މިގޮތަށް ގިނަ ގިނައިން ސަރޯޖް އަންނަން ފެށުމުން ދެ މީހުން ރަހުމަތްތެރިވެ، އެކަކު އަނެކަކު ދެކެ ލޯބި ވެވުނީއެވެ،

ޕްރަމޮޑިނި އަށް ލިބުނު އެެސިޑް ހަމަލާގެ ސަބަބުން އޭނާގެ މޫނު ވަރަށް ބޮޑަށް ހުރީ އަނދާފައެވެ. އަދި އޭނާގެ ލޮލުގެ ފެނުންވެސް ގެއްލުނެވެ. އަދި އެ ހާދިސާއަށްވެސް އޭނާގެ ބޯ ތަލަވިއެވެ.

އެހެން ނަމަވެސް އެކަމުގެ ސަބަބުން އޭނާގެ އުފަލަކަށް ހުރަހެއް ކުރިމައްޗެއް ނުވެއެވެ. އޭނާއަށް ލިބުނީ އެއަށްވުރެ ބޮޑު އުފަލެކެވެ. އެތައް ބަޔަކާއެކު އޭނާގެ ކައިވެނީގެ ހަފްލާ ކުރިއަށްދިޔައެވެ.1000 އަށްވުރެ ގިނަ ގެސްޓުން އެ ހަފްލާއަށް އައެވެ. އޭގެ ތެރޭގައި އެސިޑްގެ ހަމަލާތަކުން ސަލާމަތްވި މީހުންވެސް ހިމެނެއެވެ.

އޭނާ ކައިވެނީގެ ހަފްލާގައި ހުރީ ވިގެއް ޖަހައިގެންނެވެ.

ޕްރަމޮޑިނި ބުނީ، އޭނާއަށް ސަރަޖް އާއި ކައިވެނި ކުރެވިގެން ދިޔުމުން އުފާވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު