ބޭނުންވާ ތަކެތި:

1 1/2 ޖޯޑު ފިނި ކިރު
1 ޕެކެޓް ވެނީލާ އިންސްޓަންޓް ޕުޑިންގ
1 މޭޒުމަތީ ސަމުސާ ކޮފީ
1 ޖޯޑު ވިޕިންގް ކްރީމް
85ގ ޗޮކްލެޓް (ދިޔާކޮށްފައި)

ތައްޔާރު ކުރާނެ ގޮތް:

ކިރު، ކޮފީ އަދި ޕުޑިންގް މިކްސަރަށް އަޅާ 2 މިނެޓް ވަންދެން އެއްކޮށްލާށެވެ.

6 ތައްޓަށް ބަހާލައިގެން މިކްސްޗާ ގެ އެއްބައި އަޅާށެވެ. ދެން މައްޗަށް ޗޮކްލެޓް އެޅުމަށްފަހު ބާކީހުރި މިކްސްޗާ އަޅާފައި މައްޗަށް ވިޕިންގް ކްރީމް އެޅުމުން ތައްޔާރުވީއެވެ.

ކިޔުންތެރިންގެ ހިޔާލު