ކްރިޓިކްސް ޗޮއިސް އެވާޑަކީ މާރޗް 7 ވަނަ ދުވަހު ވަނީ ދީފައެވެ. އަހަރަކު އެއްފަހަރު ބޭއްވޭ މިއެވޯޑް ދިނުމުގެ މަގްސަދަކީ ފިލުމުތަކުގެ ކުރިއެރުން ފާހަގަކޮށް، ކޮއްފާވައި މަސައްކަތުގެ އަގު ވަޒަންކޮށް ހިތަވަރު ދިނުމެވެ. މި އަހަރުގެ ޝޯ ހުަޝަހަޅައިދީފައިވަނީ ޓާޔެ ޑިގްސްއެވެ.

ފިލުމާއި ޓީވީ ޝޯ ތަކުން 26 ވަނަ އަހަރީ ކްރިޓިކްސް ޗޮއިސް އެވޯޑް ހާސިލް ކޮއްފައިވަނީ ނޯމޭޑްލޭންޑާއި ދި ކްރައުންއެވެ.

އެންމެ މޮޅު ޑިރެކްޓަރާއި، އެންމެ ބެސްޓް ޕިކްޗާ އެވާޑާއި އެކު ނޯމޭޑްލޭންޑަށް ވަނީ ޖުމްލަ ހަތަރު އެވޯޑް ލިބިފައެވެ. ނޯމޭޑްލޭންޑްގެ ޑައިރެކްޓަރަކީ ކްލޯއީ ޒޯއެވެ.

ނޯމޭޑްލޭންޑެކޭ އެއްގޮތަށް ދި ކްރައުން އިންވެސް ވަނީ ހަތަރު އެވޯޑެއް ހޯދާފައެވެ. ދި ކްރައުންއަށް ލިބިފައިވަނީ ބެސްޓް ޑްރާމާ ސީރީސް އެވޯޑާއި، ބެސްޓް އެކްޓާ އާއި އެކްޓްރެސްގެ އެވޯޑެވެ. އެންމެ މޮޅު ސައިނަމޮޓޯގްރަފީ އެވާޑްވެސް ލިބިފައިވަނީ ނޯމޭޑްލޭންޑުގެ ޖޯޝުއާ ޖޭމްސް ރިޗާޑްއެވެ.

ނެޓްފްލިކްސްގެ ދި ކްރައުން ގައި މާގަރެޓް ތެޗާގެ ރޯލު ކުޅެފައިވާ ގިލިއަން އެންޑާސަންއަށް ވަނީ ބެސްޓް ސަޕޯޓިން އެކްޓްރެސް އެވާޑް ލިބިފައެވެ. މި ޑްރާމާ ސީރީސް އިން ޖޯޝް އޯކޮނާ އާއި އެމާ ކޮރިން އަށް ވަނީ އެންމެ މޮޅު އެކްޓާ އާއި އެކްޓްރެސް އެވޯޑް ލިބިފައެވެ.

26 ވަނަ ކްރިޓިކްސް ޗޮއިސް އެވޯޑުން ބެސްޓް ލިމިޓެޑް ސީރީސް އަކަށް ކުއީންސް ގޭމްބިޓްެ ހޮވިފައިވާއިރ،ު ބެސްޓް ޑްރާމާ ސީރީސް އަކަށް ހޮވިފައިވަނީ ދި ކްރައުންއެެވެ. ދި ކްރައުން އަށް ވަނީ މި އަހަރު ގޯލްޑެން ގްލޯބް އެވާޑް ވެސް ލިބިފައެެވެ.