މިއަދު ދުނިޔޭގެ ޚަބަރުތައް ގެނެސްދޭ ހުރިހާ ވެބްސައިޓެއްގައި ވެސް ހުރީ މޭގަން މާކެލް އާއި ޕްރިންސް ހެރީ އެބޭފުޅުންނަށް އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި ގުޅޭ ގޮތުން ދެއްކި ވާހަކަތަކެވެ. ޝާހީ އާއިލާގެ ތެރޭގައި "ބަންދުވެފައި" ތިބެ އުފުލަން ޖެހުނު ތަކުލީފްތަކާއި އަދި ކުރިމަތިވި ތަފާތު ކުރުންތަކުގެ ވާހަކަތައް ވަރަށް ތަފްސީލްކޮށް މޭގަން ވަނީ ކިޔައި ދީފައެވެ.

ތިރީގައި އެވަނީ އިންޓަވިއު އިން ފާހަގަ ކުރެވުނު ބައެއް މުހިއްމު "ބޮޑެތި ވާހަކަތަކެވެ."

ކޭޓް މޭގަން ރޮއްވާލި

2018 ވަނަ އަހަރު މޭގަން ޕްރިންސް ހެރީ އާއި ކައިވެނި ކުރަން އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށް ޕްރިންސް ހެރީގެ ބޭބެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން ވަނީ މޭގަން ރޮއްވާލާފައެވެ. މޭގަން އާއި ދިމާއަށް ކޭޓް ބުނި އެއްޗެއްގެ ތަފްސީލް ނުދީ މޭގަން ބުނީ ކައިވެންޏާއި ގުޅިގެން ވަރަށް އުނދަގޫ ދުވަސްތަކެއް ހޭދަކުރަމުން ދަނިކޮށް ވަރަށް ހިތްދަތިވާ ވާހަކައެއް އޭނާ އާއި ދިމާއަށް ކޭޓް ބުނި ކަމަށެވެ. "އެކަމަކު ކޭޓް ފަހުން އެކަމަށް މާފަށް އެދުނު. މާފަށް އެދި ލިޔެފައި އޮތް ނޯޓަކާއިއެކު އަހަރެންނަށް މާބޮނޑިއެއް ވެސް ކޭޓް ފޮނުވި." މޭގަން ބުންޏެވެ.

މޭގަން ބުނީ އޭގެ ފަހުން ކޭޓް އަކީ ރަނގަޅު މީހެއް ކަމަށާއި އޭނާއަށް ކޭޓްގެ އެހީތެރިކަން ލިބުނު ކަމަށެވެ.

މޭގަން އާއި ހެރީ ކުރިން ކައިވެނިކޮށްފި

މޭގަން އާއި ހެރީގެ ކައިވެނި އެތައް މިލިއަން މީހުން ޓީވީ މެދުވެރިކޮށް ވެސް ބެލިއެވެ. ނަމަވެސް މޭގަންގެ އިންޓަވިއުގައި އޭނާ ބުނީ ހަޤީޤަތުގައި އޭނާ އާއި ހެރީ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމުގެ ތިން ދުވަސް ކުރިން ކައިވެނި ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެންމެން ކުރިމަތީގައި ފެނުނު ކައިވެނީގެ ރަސްމިއްޔާތަކީ "ޑްރާމާއެކެވެ."

މޭގަން އާއި ހެރީ އަށް ލިބެން އުޅެނީ އަންހެން ކުއްޖެއް

މޭގަން ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން އިއުލާން ކުރީ މިދިޔަ މަހުއެވެ. ރޭގެ އިންޓަވިއުގައި މޭގަން އާއި ހެރީ ވަނީ އެދެމަފިރިންނަށް ލިބެން އުޅެނީ އަންހެން ކުއްޖެއްކަން އިއުލާން ކޮށްފައެވެ. އެކުއްޖާ އުފަންވާނީ މިއަހަރުގެ ހޫނު މޫސުމުގައެވެ.

ޕްރިންސް ޗާލްސް ހެރީ އާއި ވާހަކައެއް ނުދައްކާ!

ޕްރިންސް ޗާލްސް އަކީ ހެރީގެ ބައްޕައެވެ. ނަމަވެސް ޝާހީ އާއިލާ ދޫކޮށްލުމުން ދެން ކުރިމަތިވި ހިތްހަމަނުޖެހުންތަކާއި ގުޅިގެން ޗާލްސްގެ އެހީތެރިކަމެއް މިހާރު ހެރީއަކަށް ނުލިބެއެވެ. ހެރީގެ ފޯނަކަށް ވެސް ޗާލްސް ޖަވާބެއް ނުދެއެވެ. ވަކި ދިރިއުޅުމެއް ފަށަން ބޭނުންވާ ފައިސާ ވެސް ހެރީ އަށް ލިބުނީ ޕްރިންސަސް ޑަޔާނާގެ މިލްކިއްޔާތުންނެވެ.

ރާނީ އެލިޒަބަތު އާއި ގުޅުން ރަނގަޅު

ޕްރިންސް ހެރީ އާއި މޭގަން އަދި ދަރިކަލުން އާޗީ އާއިއެކު ރާނީ އެލިޒަބަތު މިހާރު ވެސް ހާއްސަ ގުޅުމެއް ބާއްވައެވެ. މިދިޔަ މަހު ވެސް ޒޫމް މެދުވެރިކޮށް އެލިޒަބަތު ވަނީ މާމަދަރިކަލުން އާޗީ އާއި ބައްދަލުކޮށްފައެވެ. ޕްރިންސް ފިލިޕް އާލާސްކަންފުޅު ބޮޑުވެ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުން ރާނީ އެލިޒަބަތު ވަނީ މޭގަން އަށް ފޯނުކޮށް އެވާހަކަ ބުނެފައެވެ.

މޭގަން އާއި ހެރީގެ އިންޓަވިއު އަށް މުޅި ދުނިޔޭގެ ލޯ އަމާޒުވެފައި ވީނަމަވެސް އަދި މިހާތަނަށް ޝާހީ އާއިލާ އިން އިންޓަވިއުއާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗާލީ

    "ޕްރިންސް ޗާލްސް އަކީ ހެރީގެ ބަ އްޕަ އެވެ. ނަމަވެސް ޝާހީ އާ އިލާ ދޫކޮށް ލުމުން ދެން ކުރިމަތިވި ހިތްހަމަ ނުޖެހުންތަކާ ގުޅިގެން ޗާލްސްގެ އެހީ ތެރިކަމެ އް މިހާރު ހެރީ އަކަށް ނުލިބެ އެވެ. ހެރީގެ ފޯނަކަށް ވެސް ޗާލްސް ޖަވާބެ އް ނުދެ އެވެ. ވަކި ދިރި އުޅުމެ އް ފަށަން ބޭނުންވާ ފަ އިސާ ވެސް ހެރީ އަށް ލިބުނީ ޕްރިންސަސް ޑަޔާނާގެ މިލްކި އްޔާތުންނެވެ." ހަމަ އެކަނި ލިބިފަ ހުރި އި އްޒަތް ތައްް ދޮތަ ދޫކޮށްލީ އެމީހުންގެ އަތުންް ފަ އިސާ ބޭނުންްވޭ

    11
    11
  2. ބުރާނތި

    ތަނެއް ދޮރެއް ނޭނގުނަސް އާޓިކަލް އަށް ކޮމެންޓެއް ކުރެވޭތޯ ބަލާ. ހެރީ ބޭނުންކުރި ފައިސާ އަކީ އޭނަގެ މަންމަ ޑަޔަނާ ގެ ފަރާތުން ވާރުތަވި ފައިސާ . އެފައިސާ ގެ ބޮޑު ބައެއް އިންކަމް ޓެކްސް އަށް ދެއްކި. އެއީ ޝާހީ އާއިލާ އަދި ހެރީގެ ބައްޕަ ޗާލްސް އާއި ބެހޭ ފައިސާއެއްނޫން. ޑާޢެނާ ޗާލްސް ކައިރިން ވަރިވުމާއެކު ޑައެނާއަށް ދީފައިވާ ހުރިހާ ޝާހީ ލަގަބުތަކެއްވެސް ރާނީ އަތުލި. ހެރީ ބޭނުންކުރި ފައިސާ އަކީ ދީނީގޮތުންނާއި ގާނޫނީ ގޮތުން ހެރީގެ މިލްކެއް . އެއީ ޝާހީ އާއިލާ އާއި ބެހޭ އެއްޗެއްނޫން.