ޖަޕާނުގެ ކުންފުންޏަކުން ވަނީ އެކުންފުނީގެ 350 ވަނަ އަހަރު ފުރުން އާދަޔާޙިލާފްގޮތަކަށް ފާހަގަކުރުމަށް ނިންމައިފައެވެ. 2041 ވަނަ އަހަރަކީ ސުމިޓޯމޯ ފޮރެސްޓްރީ ނަމަކަށްކިޔާ މި ކުންފުންޏަށް 350 އަހަރު ފުރިގެންދާ އަހަރެވެ. މި އަހަރާއި ހަމަޔަށް ފޯރުމަށް އަދި ދިގު މުއްދަތެއް އޮތްނަމަވެސް އެ ކުންފުނިން ވަނީ މިހާރުން ފަށައިގެން އެކުންފުނީގެ އަހަރީ ބިނާ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ކުންފުނިން ބުނާގޮތުގައި މި ބިނާ ނިމުމާއިއެކު މި ބިނާވެގެންދާނީ ވަކަރުން ހެދިފައިވާ ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތަށެވެ.

މި ބިނާހެދުމަށް 600 ބިލިއަން ޖަޕަނީޒް ޔެން ހަރަދުކުރެވިގެންދާނޭއިރު މިއީ މިފަދަ އިމާރާތެއް އާދައިގެ ގޮތްތަކުގެ މަތިން އިމާރާތްކުރުމަށް ހޭދަވެގެންދާ އަގަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ. މިހާރު މިވަގުތު ވަކަރުން ހެދިފައިވާ ދުނިޔޭގެ އެންމެ އުސް ބިނާ ހުންނަނީ ކެނެޑާގެ ވެންކޫވާރގައެވެ. މިއީ ކިޔަވާކުދިން ދިރިއުޅުމަށް ހާއްސަކުރެވިފައިވާ އިމާރާތެކެވެ.

އާދައިގެ ކޮންކްރީޓް އިމާރާތްތަކަށްވުރެ ވަކަރުންހެދިގެންދާ މި އިމާރާތްތައް ބިނާކުރުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވާނޭކަމަށް ލަފާކުރެވިފައި ވީނަމަވެސް ސުމިޓޯމޯ ފޮރެސްޓްރީއިން މިގޮތަށް ވަކަރުން އިމާރާތެއް ހެދުމަށް ނިންމީ އެ ކުންފުނީގެ 350 ވަނަ އަހަރު ކުލަގަދަކޮށް ފާހަގަކޮށް މުޅި ދުނިޔޭގެ ސަމާލުކަން ހޯދުމަށްކަމަށް ވަނީ ބެލެވިފައެވެ. ސުމިޓޯމޯ ފޮރެސްޓްރީއިން ވަނީ މި އިމާރާތުގެ 10 ޕަސެންޓް ދަގަނޑުން ހެދިގެންދާނޭކަމަށް ހާމަކޮށްފައެވެ.

ސުމިޓޯމޯ ފޮރެސްޓްރީގެ މި ރޭވުމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ މިފަދަ ބޮޑު މަސައްކަތަކަށްވުރެ ޖަޕާނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފާހަގަކޮށްލެވޭ ކަމެއް މި ފައިސާއިން ކުރުމަށް ގޮވާލައިފައެވެ. މިގޮތުން މި އިމާރާތް ހެދުމަށް ބޭނުންކުރެވޭ ވަކަރުން މުޅިއަކު 8000 ގެ ހެދިގެންދާނޭކަމަށް މި ރޭވުމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަކަރުގޭސޮރު

    ލަކުޑި