މުޅި ދުނިޔޭގެ ސަމާލުކަން ހޯދި މުސްލިމް މޮޑެލުންގެ ތެރެއިން އެކަކަށް އެމެރިކާގެ މޮޑެލްއެއް ކަމަށްވާ ހަލީމާ އެޑެން ވާނެއެވެ. ބުރުގާގައި މޮޑެލް ކުރަން ފެށި އެތައް ބައެއްގެ ސަމާލުކަން އޭނާއަށް ލިބިގެންދިޔައިރު، އޭނާގެ ރީތިކަމަށް އެތައް ބައެއްގެ ތައުރީފްވެސް ލިބިގެން ދިޔައެވެ. މަޝްހޫރު ބްރޭންޑްތަކާއި، މަޝްހޫރު އެތައް ތަރިންނެއްގެ ބްރޭންޑްތަކަށް މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ހަލީމާ މިހާރު މޮޑެލް ކުރުން ހުއްޓާލިޔަސް، އޭނާއަކީ އެތައް ބަޔަކަށް ހުރި ނަމޫނާއަކަށް ވަނީ ވެފައެވެ. މޮޑެލް ހަލީމާ މިހާރު އެ ދާއިރާއިން ނުފެނުނު ކަމުގައިވިޔަސް، ޓިކްޓޮކް ތަރި އާސިޔަތު ބިން އަހުމަދު ބިން ރުޝްދީ (އައިޝާ) އަކީ ރާއްޖޭގެ މޮޑެލް ހަލީމާ ކަމަށް ގަބޫލުކުރާ މީހުން އެބަތިއްބެވެ.
އެއްބަޔަކަށް އައިޝާ މޮޑެލް ހަލީމާއާ ވައްތަރެވެ. ހަލީމާގެ ލުކް އައިޝާގެ ހުރެއެވެ. އެގޮތަށް އައިޝާ ބުރުގާވެސް އަޅައެވެ. އެގޮތަށް ބުރުގާ އަޅާފައި ހުރުމުން އެތައް ބަޔަކަށް އޭނާ ވަރަށް ރީއްޗެވެ. އުމުރުން މިހާރު 18 އަހަރުވެފައިވާ އައިޝާ މޮޑެލް ކުރުމުގެ ދާއިރާއަށް ނުކުތީ އޭނާ އެކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. ސްކޫލްގައި އުޅެމުން އޭނާއަށް އެ ފުރުސަތު ލިބުނީ އެވެ.
"ސްކޫލްގައި އުޅުނުއިރު، އަޅުގަނޑަށް ފުރުސަތެއް ލިބުނީ، އޭތީ ދެން ވައިރަލްވީ، އެ ވައިރަލްވި ފަހުން ގިނަބަޔަކު ފުރުސަތުދިން، އެގޮތަށް މި ފެށުނީ" އައިޝާ ފުރަތަމަ މޮޑެލިން ފެށުނު ގޮތް ކިޔައިދިނެވެ.
އޭނާގެ ފުރަތަމަ ޝޫޓް އުމުރުން 15 އަހަރުގައި ނެގިއިރު، އޭނާއަށް އެ ފުރުސަތު ދިނީ މަޝްހޫރު މޭކަޕް އާޓިސްޓް ރިޒްނާ އާއި އޭނާގެ ފިރިމީހާ، ފޮޓޯގްރާފާ ނަވީން އެވެ. އޭނާއަށް ދާއިރާއަށް ނެރެދިނީ މި ދެ މީހުން ކަން އައިޝާ ފާހަގަކުރިއެވެ.
"އެއީ ވަރަށް އެލެގެންޓް ލުކް ޝޫޓެެއް، އެއަށްފަހު ފުރަތަމަ ދުވަހު ވީމަ ވަރަށް ގިނަ އެއްޗެހި ދަސްވި، ދެން ކޮންފިޑެންސް ރަނގަޅު ވެގެން އޭތި ބިލްޑްއަޕް ކުރަމުން ދިޔައީ، ފުރަތަމަ ޝޫޓަކީ ދަ ބެސްޓް އެކްސްޕީރިއަންސް" އައިޝާ ކިޔާދިނެވެ.
ކުރިން އިންޑިއާގައި ދިރިއުޅެމުން އައި އައިޝާ ރާއްޖެ އައިފަހުން ރިޒްނާ ދިން އެ ފުރުސަތަށް ފަހު، އޭނާއަށް މީހުން އެޕްރޯޗް ކުރަން ފެށިއެވެ. ރިޒްނާ އޭނާއަށް ފުރުސަތުތައް ހޯދައިދޭން އެހީވެއެވެ. އައިޝާ ބޭނުންވަނީ ކުރިއަށް އޮތްތަނުގައިވެސް ހިޖާބީ މޮޑެލްއެއްގެ ގޮތުގައި ފެނިގެން ދާށެވެ.
"އައިހޭވް މައި މެންޓޯ، ހަލީމާ އޭޑަން ދޯ އޭނާވެސް ބުރުގާ އަޅާ ކުދިންނަށް ބޮޑަށް ފުރުސަތު ދޭން ވެގެން، އެގޮތަށް އައިޝާވެސް ބޭނުންވަނީ ބުރުގާ އަޅާފައި ތިބޭ ކުދިންނަށް އެ ޗާންސްދޭން، މިއީ ކުރެވޭނެ ކަމެއްކަން މިއީ ގޯސް ކަމެއް ނޫންކަން ބުނެދޭން." އައިޝާ ބުންޏެވެ.
އައިޝާ މިހާރު ދަނީ ބައެއް ބްރޭންޑްތަކަށް މަސައްކަތްކޮށްދެމުންނެވެ. އެ ބްރޭންޑްތަކުގެ މިހާރު މޫނުމައްޗަކީ އައިޝާ އެވެ. މިހާތަނަށް އޭނާ ވަނީ 4-5 ބްރޭންޑްސްއަށް ޝޫޓް ނެގިފައިވާ ކަން އައިޝާ ފާހަގަކުރިއެވެ. އިތުރު ޕްރޮޖެކްޓްތަކަށްވެސް އޭނާއަށް ވަނީ ފުރުސަތު ލިބިފައެވެ.
އޭނާ އަށް އަދި ދާއިރާއަށް ވަދެވުނީ ކަމަށް އޭނާ ގަބޫލުކުރެއެވެ. މީހުން އޭނާ ބަލައިގަންނާތީ އޭނާ އުފާވެއެވެ. މިހާރު މޮޑެލް ކުރުމުގެ އިތުރުން، ދެން އޭނާ އެންމެ ބޮޑަށް ފެނިގެން މި ދަނީ ޓިކްޓޮކްއިންނެވެ. އޭނާގެ މޮޑެލިންގ ޝޫޓްތަކާއި، އިތުރު ބައެއް މަސައްކަތްތައް އެ ޕްލެޓްފޯމުން ފެނިގެންދާއިރު، އޭނާގެ ނެށުމުގެ ހުނަރުވެސް ޓިކްޓޮކް އިން ފެނިގެން ދެއެވެ.
@aesiyaqabool hein? From my last shoot ❤️styled and makeup by riznahmedmua photos and retouching by Navinsaeed ♥️♬ original sound - Anime_M1ke44
"ނެށުން އެއީ ވަރަށް ކުޑައިރުއްސުރެ ކުރާ ކަމެއް، ކުޑައިރުވެސް މައިތިރިވެގެންނެއް ނުހުންނަން، ހަމަ ލަވައެއް ޖަހާލާއިރަށް ހަމަ ނެށެނީ، ނެށުމަކީ އައިޝާއަށް ހަމަ ވަރަށް ކުރެވޭ ކަމެއް، ލަވައެއް ޖަހާލާއިރަށް ނަށާލެވޭނެ"
ނެށުމަކީ އޭނާ ޕްރޮފެޝަނަލީ ކުރާ ކަމެއް ނޫނެވެ. އެއީ އޭނާ ވަރަށް ކުރާހިތުން ކުރާ ކަމެކެވެ. ޓިކްޓޮކްގައިވެސް ބޮޑަށް ފެނިގެން ދަނީ އޭނާގެ ނެށުމުގެ ވީޑިއޯތަކެވެ. "ނެށުން އިޒް މައިތިންގް އެއީ އައިޝާގެ ތިންގް، އައިޝާގެ ތިންއަކީ ޑާންސް ކުރުން"
View this post on Instagram
އޭނާ ޓިކްޓޮކްއަށް ވަނީވެސް ބިރުން ހުރެއެވެ. މީހުންގެ ފާޑުކިޔުންތައް އަަމާޒުވެދާނެތީ އެވެ. އެހެން ނަމަވެސް އޭނާ ކުރިއަށް ދިޔައީ ފަސް ޖެހުމެއް ނެތި އެވެ. އެ ދާއިރާއަށް ވަދެއްޖެނަމަ ވަރަށް ބޮޑަށް ހޭޓް ކޮމެންޓްސް އައިސްދާނެ ކަމުގެ ބިރު އޮތް ނަމަވެސް، އޭނާ ފަށައިގަތެވެ. މީހުން އޭނާ ބަލައިގަތެވެ.
"އެގޮތަށް މީހުން ކުރާތީ، އައިޝާވެސް ވަނީ، ދެން ވީޑިއޯތައް އަޕްލޯޑް ކުރަމުން، އެއްޗެހި އެއްޗެހި ވައިރަލްވާން ފެށީ، އެގޮތަށް ފެށީމަ އައިތޯޓް ޔާ އައިކުޑް ޑޫދިސް ޓޫއޭ، ދެން އެގޮތަށް ޑާންސް ކުރަމުން އެގޮތަށް ޓިކްޓޮކް އަޕްލޯޑް ކުރަނީ"
އައިޝާގެ އެ ވީޑިއޯތަކަށް ލައްކައިން ވިއުސް ލިބެއެވެ. އެތައް ސަތޭކަ ބައެއްގެ ކޮމެންޓްވެސް ލިބެއެވެ. އޭނާއަށް އެ ލިބޭ ސަޕޯޓަކީ ކުރިއެރުމެވެ.
އުމުުރުން 16 އަހަރުގައި އޭނާ ޓިކްޓޮކްއަށް ވަން ގޮތަށް ހުއްޓާލަން ބޭނުން ނުވިއެވެ. ދެ އަހަރު ތެރޭގައި އޭނާއަށް ޓިކްޓޮކްއަށް ލައްކަ ވީޑީއޯއެއް ލެވިއްޖެ އެވެ.
އޭނާ މި ދާއިރާއިން ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްވަރަކީވެސް ފޭނުންގެ ސަޕޯޓެކެވެ. އޭނާ އެ ސަޕޯޓާއެކު އެއިރު އެންމެ ޓްރެންޑްވާ ވީޑިއޯތަކާއި ގުޅުވާފައި ވީޑިއޯތައް ލައެވެ. މިގޮތަށް އޭނާ އަކީ ދިވެހިންގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ ޓިކްޓޮކް ތަރިއެކެވެ.
އައިޝާ ބޭނުންވަނީ ފެޝަން އެއްޗެހި ޓިކްޓޮކްއިން ދައްކާށެވެ. އެގޮތުން އޭނާ ޝޫޓްގެ ވީޑިއޯތައް ހިއްސާ ކުރެއެވެ.
މި ދާއިރާއިން އައިޝާއަށް ކުރެވުނު ހިތިތަޖުރިބާއަކީ މީހުންގެ ނުރުހުމުގެ ކޮމެންޓްތަކެވެ. އެކަންކަމާއި އޭނާ ޑީލްކުރަން އެއިރު ނޭނގެ އެވެ. އެހެންވެ އޭނާގެ ކެރިއަރު ހުއްޓާލަންވެސް އުޅުނެވެ. އެހެން ނަމަވެސް ލިބުނު ސަޕޯޓާއެކު މިއަދު އަނެއްކާވެސް އޭނާ ދަނީ ދުވަހަކަށް ވުރެ ދުވަހަކު އޭނާގެ އުއްމީދުތައް ހާސިލް ކުރުމާއި ގާތައް ޖެހެމުންނެވެ.
އައިޝާގެ ވިސްނުން ހުރީ ކުރިއަށް އޮތްތަނުގައި ލިބޭ ޕްރޮޖެކްޓްތަކުގެ ބޭނުން ހިފުމެވެ. އެހެންކަމުން އޭނާ ފިލްމްތަކުންނާއި ލަވަތަކުން އަދި ބްރޭންޑްތަކުގެ އެމްބެސެޑަރު ކަމުންނާއި، އެތައް ބްރޭންޑެއްގެ މޫނު މަތިން ފެންނަ މޫނަކަށް ވުމަކީ ވަރަށް ކައިރީގައި އޮތް ކަމެކެވެ.
ރޯދަ މަހު ފުރަތަމަ ދުވަހު ދޯ
ރޯދަމަހު ދީނީ ހަބަރުތައް ގިނަ ކޮއްދީ. މިކަހަލަ ހަބަރުތައް ބޭނުމެއް ނޫން
މމމމީހުން މަގުފުރައްދަން ނޫޅޭ . ޙެޔޮނުވާނެ
މިދެން ކިހާދެރަކަމެއް. ލިޔާނެ އެއްޗެއްނެތިއްޔާ ނުލިޔެ ހުރެބަލަ. މިއީވެސް ހަމަ ޝައިތާނާގެ މަގައް ކުރެވޭ ކަންކަން. ހަމަ ެކަހަލަ ކަންކަން އިސްތިހާރު ކުރުން.
މޮޑެލް ހަލީމާ އެޑެންއައް ވުރެ ރީތި ފުރިހަމަ ކުއްޖެއްތީ.
ނޯ އޮފެންސް ވަރައް ހުތުރު
ބާޒާރުގައި ވިއްކަން ހުންނަ ބުދުވެސް ކުލަހާކައި އޮފްކޮށްހެދީމާ އަސްލު ސިފަ ގެއްލި ބޭނުން ގޮތކަށް ބޭނުން އޮފްދާރުކަމެއް ގެނެވޭނެ.
ވެރީ ބިއުޓިފުލް ގާރލް އައިޝާ
ބަލަ ހަލީމާ މޮޑެލް ކުރުން ހުއްޓާލީ ދީނަށްޓަކައި ދެން ކަނބުލޭގެ ވެސް ތި މޮޑެލް ނުކޮށް ހުއްޓާލާ..
މިއީ ގޯސް ކަމެއް ނޫންކަން ބުނެދޭން." އައިޝާ ބުންޏެވެ. ގޯސްކަމެއްކަން ނުވަތަ ނޫންކަން ކަންޑަ އަޅަން ކަލޭ ތީ ކާކުތަ އެކަން ކަންޑަ އަޅުއްވާ ނިންމަވާފަ ވަނީ ،ދެން އެކަމައް ތަބާވުމާ ނުވުން ޗޮއިސް އެއްގޮތައް އޮތީ ރަންގަޅުގޮތް ނޭންގިގެންތަ މީހުން މަގުފުރައްދާން ތިޔަ އުޅެނީ؟؟؟
ހުވާ މިބުނީ ތީ މީހުން މަގުފުރައްދަން އުޅޭ ބައެއް. ތިޔަ ޓިކްޓޮކެއް މަނާކުރަން ވެއްޖެތާ ކޮން ދުވަހެއް. މީހުންގެ ޅަދަރިންނަށް މިކަހަލަ އެއްޗިހި ފެނި ސޯޝަލްމީޑިޔާއާ ސުރުކޮއްގެން އުޅޭ ކުދިންގެ ބޮލައް ވަދެގެންވެސް ހަށިގަނޑު ސޭލު އެޅުވުމަކީ ކޫލް ކަމެއްކަމައް ދައްކައިގެން އުޅެނީ. ތިޔަ ހުރިހާ އެއްޗެއް ބަލަން އެންމެ ހެވިފަ ތިބޭނީ ކުޑަކުދިންނާ ޖިންސީ ގޯނާކުރާ ޕީޑޯފައިލްސް.