މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލައެއްގައި ބޮލީވުޑްގެ ތަރި އަދި ބިގްބޮސްއިން ފެނިގެން ދިޔަ އަޖާޒް ޚާން ހައްޔަރުކޮށްފިއެވެ.

ނާކޮޓިކްސް ބިއުރޯ އިން އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

މަސްތުވާތަކެއްޗާއި ގުޅުންހުރި މީހެއްގެ ގޮތުގައި އޭނާ ފާހަަގަކޮށް ނަން ހާމަކޮށްފައި ވަނީ އެ ތަކެތީގެ ވިޔަފާރިކޮށް އުޅޭ ޝަބާދް ބަޓާއެވެ.

އެންސީބީން ވަނީ ޚާންއާއެކު އެ މައްސަލައާ ގުޅުން ހުރި ތަންތަނަށް ގޮސްފައެވެ. އެގޮތުން އަންދޭރީ އާއި ލޮކްހަންދްވަލާގެ ބައެއް ތަންތަން ވަނީ ބަލާ ފާސްކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ހައްުޔަރުކޮަަށްފައި ވަނީ އެންސީބީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހު މިއަދުގެ ވަގުތެއްގައެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ފަހުން ދޫކޮށްލާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ވެއެވެ.

ޚާން ފުރަތަމަ ސުވާލު ކުރަން ގެންގޮސްފަައި ވަނީ އިއްޔެ ރަޖަސްތާނުން އެނބުރި މުމްބާއީއަށް އައުމުންނެވެ. އޭނާ މުމްބާއީގައި ދިރިއުޅޭ ގެއިން މަސްތުވާތަކެތީގެ ބާވާތެއް ފެނިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޭނާ ބުނީ އެގެއިން ފެނުނީ ނިދާ ބޭސް ކަމަށާއި އެއީ އޭނާގެ އަނބިމީހާ ބޭނުން ކުރާ އެއްޗެސް ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯދީ

    ރާއްޖެއިންތަ އޭނާ ހައްޔަރުކުރީ...

    • އަންނި

      ޚަބަރުކިޔައިިފި ންތަ ސުވާލު ތިޔަކުރަ ނީ
      ފުރަތަމަ ކިޔާލާ ފަހު ން ސުވާލު ކުރޭ