ޕްލާސްޓިކަކީ އޭގެ ސަބަބުން ފައިދާތަކެއްވާއިރު، އެހާމެ ގެއްލުން ލިބޭ އެއްްޗެެކެވެ. ޕްލާސްޓިކް ފުޅި ފަދަ ތަކެތި ނެތިގެން ދިޔުމަށް 450 އަހަރު ބޭނުންވެއެވެ. މިއީ ތިމާވެއްޓަށް ހުރި ނުރައްކަލެކެވެ. ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާ ވާހަކަ އަކީ އައު ވާހަކަ އަކަށް ނުވާނެއެވެ. ޕްލާސްޓިކް ކުނި އުކާލުމުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުމުން ރައްކާތެރި ވުމުގެ ގޮތުން ސައިންސްވެރިން ވަނީ އަހަރަކަށް ވުރެ އަވަހަށް ޕްލާސްޓިކް ނައްތާލެވޭނެ ގޮތެއް ހޯދާފައެވެ.

ސައިންސްވެރިން އުފައްދައިފައިވާ އެންޒީމްއިން އަހަރުތަކަކުން ނައްތާލެވޭ ޕްލާސްޓިކް ކުނި ދުވަސްތަކެއްގެ ތެރޭގައި ނައްތާލެވެއެވެ. މި އެންޒީމް އުފައްދާފައިވަނީ ޕްލާސްޓިކް ހަލާކު ކުރާ ބެކްޓީރިއާގެ ވައްތަރެއް ބޭނުން ކޮށްގެންނެވެ.

ޕްލާސްޓިކް ނައްތާލުމުގެ މި އެންޒީމް އެންމެ ފުރަތަމަ އުފައްދާފައިވަނީ އެމްސީގީހަންއެވެ. އެއީ 2018 ވަނަ އަހަރެެެވެ. އެ ފަހުން ދިރާސާ ޓީމުން ދަނިީ އެކި ގޮތްގޮތަށް ޕްލާސްޓިކް ނައްތާލުމުގެ ޕްރޮސެސް އަވަސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި އެންޒީމް ބޭނުން ކޮށްގެން ޕްލާސްޓިކް ނައްތާލުމުގެ އެކްސްޕެރިމެންޓް ވަނީ ކޮށްފައެވެ. އެމްސީގީހަން ބުނެފައިވަނީ މި އެންޒީމްގައި ދެ ވައްތަރެއްގެ ބެކްޓީރިއާ ހިމެނޭ ކަމަށެވެ. އެއް ވައްތަރުން އެހީވެދެނީ ޕްލާސްޓިކް ފުޅި ފަދަ ތަކެތީގެ މަތީ ފަށަލަ ހަލާކު ކުރުމަށެވެ. ދެވަނަ ބެކްޓީރިއާގެ ސަބަބުން ޕްލާސްޓިކް ހަލާކް ކޮށްލުމަށް ފަސޭހަ ކޮށްދެއެވެ.

މި ބޭނުން ކޮށްގެން އަވަހަށް ޕްލާސްޓިކް ނައްތާލެވޭ ނަމަ، ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުން ކުޑަވެއެވެ.

ހިތާމައަކީ މި އެންޒީމް ބޭނުން ކޮށްގެން ނައްތާލެވެނީ ދެ ވައްތަރެއްގެ ޕްލާސްޓިކެއް ކަމަށް ވުމުން ކަމުގައި އެމްސީގީހަން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަޠުޙުﷲ ބުޝްރީ ދީދީ

    މެކް ގީ ހަން އޭ އެއީ
    ޢެމްސީ ގީ ހަން އޯ