ފަތަން ގޮސް އުޅުނު ކުޑަ ކުދިންތަކަކަށް، އެއްވަނަ ބޮޑު ހަނގުރާމައިގައި ބޭނުންކުރި ބޮމެއް ފެނިއްޖެއެވެ.

އެމެރިކާގެ ހުޅަނގު މެދުތެރޭގެ ސްޓޭޓް، މިޗިގަންގެ ފެންގަނޑެއް ކަމަށްވާ ލޮބްޑެލް ލޭކްއަށް ފަތަން ގޮސް އުޅެނިކޮށް، މި ބޮން ފެނިފައިވަނީ އުމުރުން 9 އަހަރާއި 10 އަހަރުގެ ދެ އަންހެން ކުއްޖަކަށެވެ. އެކުދިން ބުނިގޮތުގައި، އެ ބޮން ފެނުނީ ފެންގަނޑުގެ އަޑީގައި ހުރީ ކޮން އެއްޗެއްތޯ ބަލަމުން ދަނިކޮށް، ފެންގަނޑުގެ ތިލަ ހިސާބަކުން ވަޅުލެވެން ކައިރިވެފައި ވަނިކޮށެވެ.

ދިގުމިނުުގައި ތިން ފޫޓުހުރި މި ބޮން ފެނުމުން، އެކުދިންނާއި އެކު އެވަގުތު އެ ސަރަޙައްދުގައި އުޅުނު އެކުދިންގެ މަންމަ ފެންގަނޑަށް ފައިބައިގެން އެ ބޮން ނެގުމަށް އެހީތެރިވިއިރު، އޭނާ ބުނެފައިވަނީ އެންމެ ފުރަތަމަ އެއީ ކޯޗެއްކަން ނޭގޭކަމަށެވެ. އެހެނަސް އެއީ ވަރށް ކުރީ ޒަމާނުގައި ހަދާފައިވާ އެއްޗެއްކަން ބަލާބެލުމަށް އެނގޭތީ، ފެންގަނޑު ތެރެއިން ނަގައިގެން އެއްގަމަށް ގެންދިޔައީ ކަމަށް އޭނާ ބުންޏެވެ.

އެ އަންހެން މީހާ ބުނީ، ފެންގަނޑު ތެރެއިން އެއްގަމަށް ގެނެވުނު އެއްޗަކީ ބޮމެއްކަން އެނގުނީ އެ ސަރަޙައްދުގައި އުޅުނު އެހެން ބަޔަކަށް ކަމަށެވެ. އަދި އެ ބޮން "އެކްޓިވް"ކޮށް އޮވެދާނެ ކަމަށްޓަކައި ވަގުތުން އެންމެން އެ ސަރަޙައްދުންް ދުރަށް ގެންގޮސް އެފަރާތްތަކުން އެކަން ކަމާއި ބެހޭ އިދާރާތަކަށް ރިޕޯޓް ކުރިކަމަށް އޭނާ ބުންޏެވެ.

މި ރިޕޯޓާއި ގުޅިގެން މިޗިގަން ސްޓޭޓުގެ ބޮމްބް ޑިޕާޓްމެންޓުންވެސް އެ ސަރަޙައްދަށް ގޮސް ޙަރަކާތްތެރިވިއިރު، އެފަރާތްތަކުން ވަނީ އޭގެ ތެރޭގައި ހުރި ގޮވާތަކެތި ނަގާފައެވެ. އެއަށްފަހު ދަގަނޑުން ހަދާފައިވާ އޭގެ ކަވަރު، ބޮން ހޯދި ދެކުދިންނަށް އެފަރާތްތަކުން ވަނީ ހަނދާނެއްގެ ގޮތުގައި ޙަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    ނުގޮވިކަން ރަނގަޅެއް ނޮއް.. ކުޑަރިކިލީ މީހުން ވެސް ތިކަހަލަ އެއްޗެއް ހޮވާގެން ގެނެސް ގޮއްވާލީ ރަށު އެންމެން އެކޮފައި.. ކަތީބު ސަންގު ފުމެގެން އެންމެން އެއްކޮއްފައި ކުޅިގަތީ އެޔާ. ގޮއްވާލީ އެންމެން މަރުވީ.. މާމިގިލީގައި ވެސް އޭރު ހުރި މަސްގަޑަށް ވުރެ މޫނު ކަޅު ކުއްތާއެއް. ކަތީބަކަށް..

  2. ބާނިޔޫސޭ

    މާމިގިލީމީހާ އަކީ ވަރަށް ޚުލްޤު ހެޔޮ މީހެއްތާ.