ދުބާއީގައި އަލަށް ދަރިއަކު ލިބުނު އަރަބި ފިރިހެނަކު މި ވަނީ އެ ދަރި ލިބުން ފާހަގަކުރުމަށް ހަވާ އަރުވާފައެވެ. އެކަމަކު އޭނާ ކުރި އެ ކަންތައްކުން އޭނާއަށް ލިބުނީ ބޮޑު ގެއްލުމެކެވެ. އޭނާ ކުރި އެ ކަމަކުން އަވައްޓެރިންގެ މުދަލަަށް ގެއްލުން ލިބުނެވެ.

އެ މައްސަލާގައި ދުބާއީ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އަލް ޚަލީޖްެ ރިޕޯޓްތައް ބުނާގޮތުގައި، އުފާ ފާޅުކުރުމުގެ ނިޔަތުގައި ކުރި އެ ކަންތައް ހައްދުން ނައްޓާ ހިސާބަށް ގޮސްފައި ވަނީ އޭނާ ފަސް ކާރު އަންދާލި ހިސާބުންނެވެ.

އަދި މި ހާދިސާގައި އަވައްޓެރި ހަ ގެއަކަށްވެސް ގެއްލުން ލިބުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނެފައި ވަނީ، އެ މީހުންނަށް ރިޕޯޓްކޮށްފައީ ވަނީ އޫދް އަލް-މުތިނާ ސަރަހައްދުގައި ގޮވުމެއް ގޮވައިގެން ކަމަށެވެ. އަދި އެ ސަރަހައްދަށް ވަގުތުން އިތުރު ފުލުހުންނާއި، އެމްބިއުލާންސް އާއި ސިވިލް ޑިފެންސް ސްޓާފުންވެސް ފޮނުވި ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ވަނީ އެ ސަރަހައްދުގައި ގޮވި ގޮވުންތައް ކޮންޓްރޯލް ކޮށްފައެވެ. އަދި އެ ޒުވާނާގެ އިތުރުން، އެކަމުގައި ބައިވެރިވި އޭނާގެ ރަހުމަތްތެރިންވެސް ހައްޔަރުކޮށްފައި ވެއެވެ. އެ މައްސަލާގައި އޭނާގެ ދެ ރަހުމަތްތެރިން ހައްޔަރުކޮށްފައި ވަނީ ބަޑިބޭސްތައް ފޮރުވައިގެންނެވެ.

ފުލުހުން ވަނީ އެފަދަ ތަކެތި ބޭނުން ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި އެއީ ބޮޑު ނުރައްކަލެއް ކަމަށާއި، އެފަދަ ކަމަކުން ބޮޑު ގެއްލުމެއް ވެދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި މީގެ އިތުރުން، އާއްމުން މިފަދަ ކަންކަމަށް ސަމާލުވެ، އެފަދަ ކަންކަން ކުރާ މަންޒަރު ފެނިއްޖެ ނަމަ ހުއްޓުވުމަށްޓަކައި، ކަމާއި ގުޅުން ހުރި ފަރާތްތަކަށް ފޮނުވުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު