ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް އާއި އޭނާގެ ސިއްރު ލޯބިވެރިޔާ ވިކީ ކައުޝަލް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އަންގާރު ދުވަހު އޭނާ އާއްމު ކުރި ޕޯސްޓެއްގައި ވަނީ އޭނާ ކޮވީޑަށް ފައްސިވިކަން ހާމަކޮށްފައެވެ. އޭނާ އެކަން ހާމަކޮށްފައި ވަނީ އޭނާގެ ސިއްރު ލޯބިވެރިޔާ ވިކީ ކައުޝަލް ކޮވިޑަޑށް ފައްސިވިތާ އެއް ދުވަސް ފަހުންނެވެ.

ކެޓްރީނާގެ އިތުރުން، އަކްޝޭ ކުމާރްވެސް ވަނީ ކޮވިޑަށް ފައްސިވެފައެެވެ. އޭނާެއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ކެޓްރީނާ އޭނާގެ އިންސްޓަގްރާމް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާ ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި، އަދި މިހާރު ގޭގައި އެކަހެރިވެފައިވާ ކަމަށެވެ.

"އަހަރެން މި ދަނީ ޑޮކްޓަރުންގެ ކޮވިޑްގެ ޕްރޮޓޮކޯލްތަކަށް ފޮލޯ ކުރަމަން".

އޭނާ ވަނީ އޭނާއާ ގާތުން އެއްތާވި މީހުން ޓެސްޓު ކުރުމަށް ނަސޭހަތްތެރިވެފައެވެ.

ކެޓްރީނާގެ ސިއްރު ލޯބިވެރިޔާ ވިކީ ކޮވިޑަށް ފައްސިވިކަން ހާމަކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އެކަން ސިއްރުކޮށްގެން އެ މީހުން އުޅޭއިރު، އެކަން މީޑިއާތަކުން އަބަދުވެސް ރިޕޯޓް ކުރެެއެވެ.

ކެޓްރީނާ އެންމެ ފަހުން ފިލްމަކުން ފެނިގެން ގޮސްފައި ވަނީ 2019 ވަނަ އަހަރު ނެރުނު ބާރާތް އިންނެވެ. އޭނާ މިހާރު ވަނީ ބިރުވެރި މަޖާ ފިލްމް ފޯން ބޫތް ކުޅެން ސޮއި ކޮށްފައެވެ.

އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ ރޯހިތް ޝެޓީގެ ސޫރްޔަވަންޝީ އެވެ.