ކްލޯއީ ކާޑޭޝިއަން އަކީ އެތައް ބަޔެއްގެ ލޯތައް އަމާޒުވެފައިވާ އެމެރިކާގެ މޮޑެލްއެކެވެ. އުމުރުން 36 އަހަރުގެ ކްލޯއީ ކާޑޭޝިއަން ވަނީ 2007 ވަނަ އަހަރު ޓީވީ ސީރީސް ތަކުން ފެންނަން ފަށާފައެވެ.

މި ހަފްތާ ތެރޭގައި 'އޮޅިގެން' ވަނީ މީސް މީޑިއާއަށް އޭނާގެ ފިލްޓާ ނުލައި ނަަގާފައިވާ ފޮޓޯއެއް ދޫކޮށްލެވިފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެއްވެސް ފިލްޓާއެއް ނުލައި މި ފޮޓޯ ނަގާފައިވަނީ ކްލޯއީ ކާޑޭޝިއަންގެ މާމައެވެ. މި ފޮޓޯ މީހުންނަށް ނުފެންނާނެެހެން މީޑިއާ ޕްލެޓްފޯމް ތަކުން ނަގައިދިނުމަށް އޭނާ ވަނީ އެދިފައެވެ.

ފޮޓޯއިން ފެނިގެންދަނީ ނިވައިކަން ކުޑަ ހެދުމެއް ލައިގެން ޕޫލްއެއްގެ ތެރޭގައި އޭނާ އިންދައެވެ. އިންސްޓަގްރާމުގައި މި ފޮޓޯ ޕޯސްޓް ކޮށްފައިވާ އެކައުންޓަކީ ޕްރައިވެޓް އެކައުންޓެއް ނަމަވެސް، ފޮޓޯ ލީކް ވެފައިވަނީ އެ އެކައުންޓަށް ފޮލޯ ކޮށްފައި ތިބި މީހުން ސްކްރީންޝޮޓް ނަގައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގުދުރަތީ މީހާގެ ސިފަ ދައްކުވައިދޭ މި ފޮޓޯ މީސް މީޑިއާގައި ދައުރުވަމުން ދާތީ ކްލޯއީ ކާޑޭޝިއަން ވަނީ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.

އިއްޔެ އިންސްޓަގްރާމް ލައިވްއެއްގައި އޭނާ ވަނީ ހަށިގަނޑު މެއިންޓެއިން ކުރުމަށް އުނދަގޫ ކަންތައް ތަކެއް ހުރިކަމަށް ބުނެފައެވެ.

ފޮޓޯ ތަކަކީ ފޮޓޯޝޮޕް ކޮށްފައި ހުރި ފޮޓޯތަކެއް ނޫން ކަމަށް ބުނެ ޔަގީން ކޮށްދިނުމުގެ ގޮތުން ކްލޯއީ ކާޑޭޝިއަން ވަނީ އިންސްޓަގްރާމް ލައިވްގައި އޭނާގެ ހަށިގަނޑު ދައްކާލައިފައެވެ.

މި ހަފްތާގައި މީސް މީޑިއާގައި ދައުރުވަމުން ދިޔަ ފޮޓޯ އަކީ އޭނާގެ ފޮޓޯއެއް ކަމަށް އިއްޔެ އިންސްޓަގްރާމްގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަންނި

  ލޯބި އަބަދުވެސް ލޯބި

  5
  1
 2. މެޑަމް

  އޯ ގަދަ!

  5
  1
 3. ކަރާ ބަނޑޭ™

  މަގޭ ވެސް ހުންނާނެ ފިލްޓާ ނުލާ ހުންނަ ފޮޓޯ ލީކުވެފަ

  ވަރަށް ޗާލު ވާނެ...