އެންމެ ދެ ޗުއިންގަމް ކާލުމަށް ފަހު އަމިއްލަ ނަފްސައް ފަލައޭ ކިއުމުން އެމެރިކާގެ ރިއަލިޓީ ތަރި ކްލޯއި ކާޑޭޝިއަންއަށް ފާޑުކިއުންތައް އަމާޒުވެއްޖެއެެވެ.

ކްލޯއި މިހެން ބުނާ މަންޒަރު ރެކޯޑުކޮށް އިންސްޓަގްރާމުގައި ހިއްސާކޮށްފައި ވަނީ އޭނާގެ މަންމަ ކްރިސް ޖެނަރ އެވެ. އެ ވީޑިއޯއއިން ފެންނީ ކޯޓްނީ ކާޑޭޝިއަންގެ "ލެމްމީ" ވިޓަމިން ބްރޭންޑުގެ ދެ ގަމް ކާލުމަށް ފަހު ކްލޯއި އަމިއްލައަށް ފަލައޭ ކިޔާ މަންޒަރެވެ.

"އަހަރެންނަކީ ހަމަ ސީދާ ފެޓީ [ފަލަ މީހެއް]. އަހަރެން ހުރިހާ ގަމްތަކެއް ކާލައިފިން" ކްލޯއި ބުނެފައި ވެއެވެ.

ކްލޯއި ވަނީ އެ ޗުއިންގަމް އިޝްތިހާރުކުރުމަށް އެ ތައްޔާރުކުރާ ތަނަށް ވަދެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ކްލޯއިގެ މި ވީޑިއޯ ފެނުނު މީހުން ވަނީ މީސް މީޑިއާގައި މިކަމާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް ހިޔާލު ފާޅުކޮށްފައެވެ.

"ކްލޯއި ކާޑޭޝިއަން އަމިއްލައަކަށް ފަލަ މީހެކޭ އެބުނީ އެންމެ ދެ ގަމް ކާލައިގެން. ވަރަށް ޑްރާމާ ބޮޑު" އެކަކު ބުނެފައި ވެއެވެ.

ބައެއް މީހުން ވަނީ މަޝްހޫރު މީހުން ދައްކާ މިފަދަ ވާހަކަ ތަކުން އެމީހުން ފޮލޯކުރާ ޒުވާނުން އަމިއްލަ ނަފްސު ދެކެ ފޫހިކުރުވާކަމަށް ބުނެފައެވެ.

"ތި އާއިލާގެ އެންމެންނަކީ ވެސް މަޝްހޫރު ބައެއް. އެމީހުންނަކީ ރޯލްމޮޑެލުންގެ ގޮތުގައި ބަލާ އެތައް ޒުވާނުންނެއް އެބަތިބި. ތި ކަންކަމުގެ ސަބަބުން އެމީހުންގެ އަމިއްލަ ނަފްސު ދެކެ ފޫހިކުރުވާ" އިތުރު މީހަކު ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިޔަ ޢާއިލާއާއި ތިޔަފަދަ އެހެން އާއިލާތައް ރޯލްމޮޑެލުންގެ ގޮތުގައި ބަލާ ބޭކަލުންގެ ހާލު ހުރިގޮތް އަޅުގަނޑުމެންނަށް ފެނޭ
    އެހެންކަމުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަތުމަށް ﷲ ގެ ރަސޫލާއާއި އެކަލޭގެފާނުގެ އަޞްހާބުންނާއި ތާބިޢިއްޔަ ބޭކަލުން ރޯލް މޮޑެލު ކަމަށް ބައްލަވަން އުޅެމާ ހިންގަވާ.