ނެށުމުގެ ހުނަރުން ޓިކްޓޮކްގައި ގިނަ ބަޔެއްގެ މަގްބޫލުކަން ލިބިފައިވާ ނިމްޝާގެ އުފަންދުވަސް އިއްޔެ ވަނީ ފާހަގަ ކޮށްފައެވެ. އިއްޔެ އަކީ ނިމްޝާގެ އުފަންދުވަސް ކަމުން އޭނާގެ ރަހުމަތްތެރިންނާއި، ފޭނުން ވަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ.

ޓިކްޓޮކާއި އިންސްޓަގްރާމް ބޭނުން ކުރާ މީހުންނަށް ނިމްޝާގެ މޫނަކީ އާމޫނަކަށް ނުވާނެއެވެ. އާންމު ދިރިއުޅުމުގެ ކަންތައްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާއި ހިއްސާކުރަމުންދާ ނިމްޝާގެ 29 ހާހަށްވުރެ ގިނަ މީހުން ފޮލޯ ކޮށްފައިވާ އިންސްޓަގްރާމް އެކައުންޓުން އިއްޔެ ފެނިގެން ގޮސްފައިވަނީ އުފަންދުވަހުގެ ތަހުނިޔާ އާއި އުފަންދުވަސް ފާހަގަ ކޮށްފައިވާ ފޮޓޯ ތަކެވެ.

އުފަންދުވަހުގެ ކޭކާއި އެކު ނިިމްޝާ

އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޓެހިންނާ އެކު ކޭކު ފަޅާފައިވާ މަންޒަރު ނިމްޝާގެ އިންސްޓަގްރާމް އެކައުންޓްގެ ސްޓޯރީ ތަކުން ފެނިގެން ދެއެވެ. ހުދު ކުލައިގެ ހެދުމެއްގައި ބޮލުގައި ރީތި ތާޖެއް އަޅާލައިގެން ހުރެ ހުދު ފިނިފެންމާ ޖަހާފައިވާ ކޭކު ހިފައިގެން ކުޑަކޮށް ނަށާލާ ވީޑިއޯ އަކާއި، ރައްޓެހިންނާއި އެކު ނަގާފައިވާ ފޮޓޯތައް ނިމްޝާ ވަނީ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ. މިކޭކުގެ އިތުރުން ނިމްޝާއަށް ވަނީ 'ހެޕީ ބާތްޑެ ނިމް' ލިޔެފައިވާ ޗޮކޮލެޓް ކޭކެއް ވެސް ލިބިފައެވެ.

ޓިކްޓޮކްއިން އާންމުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ އެހެން ތަރިންވެސް ވަނީ ނިމްޝާގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ބައިވެރިވެފައެވެ.

މިހާތަނަށް އުފަންދުވަސް ފާހަގަކޮށް ކުޅެފައިވާ ޓިކްޓޮކެއް ހިއްސާ ކޮށްފައެއް ނުވެއެވެ. ނިމްޝާ ކުޅޭ ޓިކްޓޮކް ތަކަށް އެތައް ބަޔެއްގެ ސަމާލުކަން ލިބިފައިވާއިރު، ޓިކްޓޮކްގައި ބައި ލައްކައަށް ވުރެ ގިނަ މީހުން އަންނަނީ އޭނާ ފޮލޯ ކުރަމުންނެވެ.

ކެބިން ކުރޫއެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައިވާ ނިމްޝާ ވަނީ އެދާއިރާ ދޫކޮށް މޮޑެލިންގްގެ ދާއިރާއިން ކުރިޔަށް ދާން ފަށާފައެވެ. ބައެއް އިސްތިހާރު ތަކުންވެސް ނިމްޝާ ފެނިގެން ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އޭގެ އިތުރުން 'ޑައިނާސްޓީ ޑާންސް އެކަޑަމީ'ގެ ނަމުގައި ނަށަން ދަސްކޮށްދިނުމަށް އޭނާ ވަނީ ކްލާސްތަކެއް ނަގަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ..

    މި މީހުންނަށް ކަލޭމެން ހާދަ ވްރުހުރެއޭ ދޯ

    56
    2
    • ސާފީ ސައީދު

      ކޭޝް ބްރޯ ކޭޝް.. ލާރި ދެންޏާ މަވެސް އިޝްތިހާރު ޖަހާދޭނަން

      30
      3
  2. ނާލި

    އިސް ޝީ އީވެން އަ ސެލެބްރިޓީ ޓް ޕޯސްޓް ހާ ނިއުސް..... ލޮލް

    26
  3. ހަމމޒަ

    އޮރިޔާމާ ތިބޭ އަންހެނުން ޕުރޮމޯޓު ނުކުރުމައް ގޮވާލަން

    68
    2
  4. ލޮލް

    ތިމީހަކު ދުނިޔޭގަ އުޅޭކަންވެސް އަދި ކިރިޔާ މިއެނގުނީ..!

    40
  5. ޖުލައި

    ބިން ފަސާދަ ކުރާ މީހުން. ﷲ އަށް ބިރުވެތިވުން ހުރި

    46
  6. ޙގދ

    ނިމްޝާ ވަރިކޮށްފި ޖަހާބަލަ

    14
    1
  7. ނަބީހް

    އިހުގެ ދިވެހި ޢާލިމެއް އަދި ޝާއިރެއްގެ ހަމަ އެންމެ ބައިތެއް ލިޔެލާނަން މާ ގިނަ ވާހަ ކައެއް ނުދައް ކާ
    މުއުބިޤާތުގެ މާނައީ ދޭ ކަންތަ ކޭ ގެއްލުން ހަލާ ކު
    ސޫރަވޭ ސުން ޕާ ނުބައިހާ ގޮތްތަ ކެއްގާ މުއުބިޤާތު

  8. 😂

    ޥަގުތަކަށް ހަޖަމެއްނުވި މަކުރި ކޮމެންޓެއް އެހެންވެ ގެނެސްނުދޭ

    15
  9. ރައުހާ

    ލިޔާނެ އެއްޗެއް ނޭންގެންޏާ އެއްޗެއް ނުލިޔެ ތިބެބަލަ
    ކޮންމެހެން މީހުންނަށް ދިމާލަށް އެއްޗިހި ނުކިޔާ ހުރެބަލަ

    1
    5