އެޕަލްއިން އެޕްރީލް 20 ވަނަ ދުވަހު ހަފްލާއެއް ބާއްވަން ނިންމައިފިއެވެ. "ސްޕްރިންގް ލޯޑެޑް" ގެ ނަމުގައި ބާއްވާ އެޕަލްގެ މި ހަފްލާ ކެލިފޯނިއާގެ އެޕަލް ހެޑްކުއާޓާގެ ޕާކުގައި އޮންނަ އިރު ބައިވެރިވާން ޖެހެނީ އޮންލައިން ކޮށެވެ.

މިއަހަރު އެޕަލް އިން ނެރޭ ފުރަތަމަ އުފެއްދުން މި ހަފްލާގައި ލޯންޗް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހަފްލާގައި ދައްކާލާނެ ކަމަށް އިންތިޒާރު ކުރެވޭ އުފެއްދުން ތަކަކީ އައިޕެޑް ޕްރޯ އާއި އައިޕެޑް މިނީ އަދި އެއާޕޮޑްސް ލައިންސްއެވެ.

އެޕަލްގެ ކުރިޔަތް އޮތް އިވެންޓު ބާއްވަން ހަމަޖެހިފައިވާ ތާރީހު އެންމެ ފުރަތަމަ ބުނެދިނީ އެޕަލްގެ ވާޗުއަލް އެސިސްޓެންޓް ސިރީއެވެ. ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން އައިފޯން ބޭނުން ކުރާ މީހުން ދެން އެންމެ އަވަހަށް އާ އުފެއްދުމެއް ދައްކާލުން އޮނާނެ އިރަކާއި ބެހޭގޮތުން ސުވާލް ކުރުމުން ސިރީ ވަނީ އެސުވާލުގެ ޖަވާބު ދީފައެވެ.

އެޕަލްއިން އައިޕެޑް ޕްރޯ އަހަރީ އުފެއްދުމެއްގެ ގޮތުގައި މާކެޓް ކުރާއިރު، އައިޕެޑް ޕްރޯ ލޯންޗް ކުރަން ހަމަޖެހިފައިވަނީ އަލިގަދަ ލެޑް ޑިސްޕްލޭ އަކާއި އެކުއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެޕަލް ކުންފުނިން އެއާޕޮޑްގެ ދެން އަންނަ ވާޝަން އަކަށް ދަނީ ތައްޔާރު ވަމުންނެވެ. ދެން ނެރޭ އެއާޕޮޑް ވާޝަން އެއްގައި އޯޑިއޯ ސަޕޯޓު ވަރުގަދަކޮށް ޓަޗް ކޮންޓްރޯލް ޑިޒައިން ކުރެވިފައިވާނެ ގޮތް ފުރިހަމަ ވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެެ.

ސްމާޓް އައިނާއި ވާޗުއަލް ރިއަލިޓީ ހެޑްސެޓެއް އެޕަލްއިން އުފައްދަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ. ނަމަވެސް، ކުރިޔަތް މިއޮތް އިވެންޓުގައި މިފަދަ އުފެއްދުމެއް ފެންނާނެ ކަމަކަށް ނުބެލެވެއެވެ. މީގެ ކުރިން އެޕަލް އިން ބާއްވާފައިވަާ 'ސްޕްރިންގް ލޯޑެޑް' ހަފްލާ ތަކުގައި ލޯންޗް ކޮށްފައިވަނީ އައިފޯން އެސް އީގެ ވައްތަރު ތަކާއި އެޕަލްގެ ޓީވީ ހިދުމަތެވެ.

ކިޔުންތެރިންގެ ހިޔާލު