މިއީ ޓައިވާނުގެ މީހަކު ކުރި ކަމެކެވެ. އޭނާއަކީ ބޭންކެއްގައި މަސައްކަތް ކުރާ މީހެކެވެ. މި މީހާ މި ވަނީ 37 ދުވަސް ތެރޭގައި އޭނާގެ އަނބިމީހާއާ ހަތަރު ފަހަރަށް ކައިވެނި ކޮށްފައެވެ. އަދި ތިން ފަހަރަށް ވަރިކޮށެވެ.

މިއީ އެ މިހާ ކޮން ބޭނުމެއްގައި ކުރި ކަމެއްކަން އެނގޭ ހެއްޔެވެ؟. ޓައިމްސް ނައުގެ ރިޕޯޓްތައް ބުނާގޮތުގައި، މިއީ އެ މީހާ މުސާރަ ލިބޭގޮތަށް ޗުއްޓީ ހޯދުމުގެ ނިޔަތުގައި ކުރި ކަމެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ފިރިހެން މީހާއަކީ ޓައިވާންގެ ޓައިޕެއި ސިޓީއަށް ނިސްބަތްވާ މީހެކެވެ. އޭނާ މަސައްކަތް ކުރަމުން ދަނީ ބޭންކެއްގައެވެ.

އެ ބޭންކަކީ އަލަށް ކައިވެނި ކުރާ މީހުންނަށް މުސާރަ ލިބޭ ގޮތަަށް އަށް ދުވަހުގެ ކުރު ޗުއްޓީއެއް ދޭ ބޭންކެކެވެ. އޭނާ ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަސް ތެރޭގައެވެ. އެހެން ނަމަވެސް އޭނާ މި ވަނީ އޭނާގެ ކައިވެނީގެ ޗުއްޓީގެ އަށް ދުވަސް ހަމަވުމުން އަނބިމީހާ ވަރިކޮށްފައި އަނެއްކާވެސް ކައިވެނިކޮށްފައެވެ. އަދި އޭގެ އަނެއް ދުވަހު ޗުއްޓީއަށް އެދިފައެވެ. އޭނާ ހީކޮށްގެން ހުރީ ގާނޫނު އެގޮތަށް ހިނގާނެ ކަމަށެވެ. އެގޮތަށް އޭނާ ވަނީ އަނބިމީހާއާ ހަތަރު ފަހަރަށް ކައިވެނިކޮށްފައެވެ. އަދި ތިން ފަހަރަށް ވަރިކޮށްފައެވެ. މިގޮތަށް ހަދައިގެން އޭނާ އަށް ޖުމްލަ 32 ދުވަހުގެ ލީވްއަށް ހަތަރު ކައިވެނީގެ ސަބަބުން އޭނާއަށް އެޕްލައި ކުރިއެވެ.

އެހެން ނަމަވެސް އޭނާ ކަންތައް ކުރަން އުޅުނު ގޮތް ބޭންކަށް ފަޅާއެރިއެވެ. އަދި އޭނާއަށް އިތުރު ޗުއްޓީ ދޭން ދެކޮޅު ހެދިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާއަށް އެ ޗުއްޓީ ނުދޭކަން އެނގުނު ހިސާބުންވެސް އޭނާ އަނބިމީހާއާ ހަތަރު ފަހަރަށް ކައިވެނިކޮށް ތިން ފަހަރަށް ވަރިވިއެވެ.

އޭނާ ވަނީ އެ ބޭންކާއި ދެކޮޅަށް މައްސަލައެއް ޓައިޕެއި ސިޓީ ލޭބާ ބިއުރޯއަށް ހުށަހަޅާފައެވެ.

އެ ބިއުރޯއިން ނިންމާފައި ވަނީ އެ ފިރިހެން މީހާއާ އެއްކޮޅަށެވެ. މައްސަލަ ނިންމީ ފިރިހެން މީހާ އެދުނު ގޮތައް ޗުއްޓީ ދޭން ޖެހޭނެ ކަމަށެވެ. އަދި އެ ބޭންކް 20،000 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައި ވެއެވެ.

މިހާރު އުފެދޭ ސުވާލަކީ ރާއްޖޭގެ ގާނޫނުތަކުގެ ދޯހަޅި މާއްދާއެއް ބޭނުންކޮށްގެން މިފަދަ ގޮތަކަށް ޗުއްޓީ ލިބިދާނެ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު