ބޮލީވުޑުގެ ފަންނާނުންގެ ޗުއްޓީ ހޭދަކޮށްލުމުގެ މަންޒިލަކަށް ވެފައި އޮތީ ރާއްޖެއެވެ. ޗުއްޓީ ހޭދަކޮށް ނިންމާފައި އެނބުރި ގައުމަށް ދިޔުމަށްފަހު ރާއްޖޭގެ ހަނދާންތައް އައު ކުރާ ފަންނާނުން މަދެއް ނޫނެވެ.

ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި އިންޑިޔާއަށް ގޮސްފައިވާ މަދޫރީ ޑގްޒިޓް އަދި ވެސް ހުރީ ރާއްޖޭގެ ހަނދާން ތަކުގައެެވެ. އެތަކެއް ހިތްގައިމު ފޮޓޯތަކެއް ރާއްޖޭގައި ނަގާފައިވާ މަދޫރީ ވަނީ މީސް މީޑިޔާގައި މި ފޮޓޯތައް ހިއްސާކޮށް އެތައް ބައެއް ރާއްޖޭގެ ރީތިކަމުގެ އަވާގައި ޖައްސާަފައެވެ.

ރާއްޖޭގެ ހަނދާންތަކުގައި އިން މަދޫރީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގުރާމުގައި ހިއްސާކޮށް އެ ހަނދާން ތަކާއި ދުރުނުވެވޭ ކަން ވަނީ ހާމަ ކޮށްދީފައެވެ.

ފުލޯރަލް ޓޮޕްކޮޅަކާއި ޑެނިމް ސޯޓެއް ލައިގެން އައިނެއް އަޅައިގެން ކައިރީގައި ތޮތްޕެއް ބާއްވާލައިގެން މަދޫރީ ނަގާފައިވާ މި ހިތްގައިމު ފޮޓޯ ހިއްސާކޮށް މަދޫރީ ބުނެފައިވަނީ އެއީ ''ސަންކިސްޑް'' ފޮޓޯއެއް ކަމަށެވެ. މިއީ މި ފޮޓޯގައި މަދޫރީ ކައިރީގައި އޮތް ތޮފީގައި ވެސް ލިޔެފައިވާ ލިޔުމެވެ.

މީގެ އިތުރުން ވެސް ރާއްޖެއިން ދިއުމަށް ފަހު މަދޫރީ ވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމު މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނާއި ހިއްސާ ކޮށްފައެވެ.

މާދޫރީގެ ފިލްމީ މަސައްކަތަށް ބަލާއިރު، މިހާރު ތައްޔާރު ވަމުންދަނީ އޭނާގެ ފުރަތަމަ ޑިޖިޓަލް ސީރީސް އަށެވެ. ނެޓްފްލިކްސް އިން ދެއްކުމަށް ހަމަޖެހިފައިވާ، އާއިލާއެއްގައި ފޮރުވިފައިވާ އެތައް ކަމެއް ދައްކުވައިދޭ މި ސީރީސްގެ ނަމަކީ ''ފައިންޑިންގ އަނާމިކާ'' އެވެ.

ކިޔުންތެރިންގެ ހިޔާލު