ބޮލީވުޑުގެ ވެޓަރަން އެކްޓްރެސް ތަބައްސުމް މަރުވެއްޖެ ކަމަށް ބުނެ މީސް މީޑިޔާގައި އެތައް ބަޔަކު އެކަމާއި ހިތާމަ ފާޅު ކުރަން ފެށިއެވެ.

އެހެން ނަމަވެެެސް މިހާރު އެކަން ވެފައި ވަނީ ދޮގު ހަބަރަކަށެވެ. ތަބައްސުމް އަދި މަރުނުވާ ކަމަށާއި ސިއްހަތު ސަލާމަތުން ދުނިޔޭގައި ހުރިކަމަށް އޭނާގެ މީސް މީޑީޔާ އެކައުންޓް މެދުވެރިކޮށް މި ވަނީ ބުނެފައެވެ.

އޭނާ ބުނީ އެންމެންގެ ހެޔޮ ދުޢާއާއި އެކު ސިއްހަތު ސަލާމަތުން ހުރި ކަމަށެވެ. އަދި އާއިލާއާއި އެކު އުފަލުގައި ހުރިކަމަށާއި ތަބައްސުމްއާއި ގުޅޭ ގޮތުން އަރާފައިވާ އަޑުތަކަކީ ދޮގު ޚަބަރެއް ކަމަށާއި ހުރިހާ އެންމެން ވެސް އެމީހެއްގެ ގޭގައި ސަލާމަތާއި ރައްކާތެރި ކަމާއި އެކު ތިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ތަބައްސުމްގެ އިންސްޓަގުރާމު އެކައުންޓުގައި ލިޔެފައިވެއެވެ.

ކުޑައިރުއިރު ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ފިލުމީ ދާއިރާއާއި ގުޅުނު ތަބައްސުމްއަކީ އޭނާގެ ދުވަސްވަރު ފާހަގަކޮށްލެވޭ އަދި އެހާމެ މަގުބޫލު ބަތަލާއެކެވެ.

ދާދިފަހުން ''ޓޯކް ޝޯ'' އެއް ހުށަހަޅައިދީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަބައްސުމް އޭނާގެ މަރުގެ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ބުނެ ވަނީ އޭނާގެ އެންމެ ފަހުގެ ފޮޓޯ ވެސް އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.

މި ޚަބަރަކީ ތަބައްސުމްގެ ސަޕޯޓަރުންނަށް ލިބިގެންދާނެ އުފާވެރި ޚަބަރަކަށް ވާނެއެވެ.

ތަބައްސުމްގެ ދަރިފުޅު ހޮޝާން ގޮވިލް އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި ތަބައްސުމްގެ ފޮޓޯއެއް ހިއްސާކޮށް ބުނެފައިވަނީ އޭނާގެ މަންމަ ތަބައްސުމް ކޯވިޑް ޖެހުމަށް ފަހު އެބަލިން ރަނގަޅުވެފައިވާ ކަމަށާއި ބަލިން ސަލާމަތްވެ އެނބުރި ގެއަށް ފޮނުވާލާފައިވާ ކަމަށެވެ.

ތަބައްސުމް ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި ހިމެނެނީ ''ދީދާރު''، ''އަލީބާބާ އޮރު 40 ޗޯރު'' ފަދަ އެތައް ފިލުމެކެވެ.

ކިޔުންތެރިންގެ ހިޔާލު