ސޮލްޓްބައި ގެ ނަމުން މަޝްހޫރުވެފައިވާ ކައްކާ ހޮލީވުޑް އަށް ދާން ނިންމައިފި އެވެ.

ސޮލްޓްބައި އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ފެނިގެން ދަނީ ގޯޑްފާދާގެ މަންޒަރެއްގެ ސީން އަކުންނެވެ. އެއް މިނެޓް އަށް ސިކުންތުގެ އެ ވީޑިއޯގައި ސޮލްޓްބައި ފެންނަނީ އާންމުކޮށް އޭނާ ހެދުންއަޅާގޮތަށް ހެދުންއަޅައިގެން ހުއްޓައެވެ.

 

View this post on Instagram

 

A post shared by Nusr_et#Saltbae (@nusr_et)

ސޮލްޓްބައި ނުވަތަ ނުސްރަތު ގުޓްޗެއި އެންމެ ފުރަތަމަ މަޝްހޫރުވީ 2017 ވަނަ އަހަރުގައި ޢާންމުވި ވީޑިއޯ އަކުންނެވެ. އެ ވީޑިއޯގައި ސޮލްޓްބައި ސްޓޭކް ތައްޔާރުކުރާ މަންޒަރާއި އޭނާގެ މީމްތައް މައްޝޫރުވެފައިވާހެން ސްޓޭކްގެ މައްޗަށް ލޮނު އަޅާ މަންޒަރު ދައްކައެވެ.

އިންސްޓަގްރާމުގައި ސޮލްޓްބައިގެ ފޮލޯވާސްގެ ޢަދަދު 34.4 މިލިއަނަށް އަރާއިރު ގިނައިން އޭނާ އިންސްޓަގްރާމަށް ލާފައި ވަނީ ސްޓޭކް ތައްޔާރުކުރާ ފޮޓޯތަކާއި ވީޑިއޯ ތަކެވެ. އަދި އޭނާގެ ރެސްޓޯރެންޓުތަކުގެ ފޮޓޯތަކާއި ވީޑިއޯތައްވެސް ލާފައި ހުރެއެވެ.

ސޮލްޓްބައި އޭނާގެ އިންސްޓަގްރާމުގައި ހިއްސާކުރާ ވީޑިއޯތަކުގެ ތެރެއިން ބައެއް މަޝްހޫރު ފިލްމީތަރިންނަށް ސްޓޭކް ކާންދޭ މަންޒަރުވެސް ގެނެސްދެއެވެ. އޭނާ ވަނީ ދާދިފަހުން އޭނާ އުފަންވި ވިލެޖުގެ މަންޒަރުތަކެއްވެސް ހިއްސާކޮށްފަ އެވެ. އޭނާ ވަނީ ރޯދަމަހާއި ދިމާކޮށް އޭނާގެ ވިލެޖުގައި ލައިބްރަރީއެއް، މިސްކިތެއް، ގެސްޓްހައުސްއެއްގެ އިތުރުން މުނިފޫހިފިލުމަށް ހާއްސަ ތަނެއް އަޅަން ނިންމާފަ އެވެ.

ސްޓޭކް ތައްޔާރުކޮށް ދުނިޔޭގެ އެތައް މިލިއަން ބައެއްގެ މަޝްހޫރުކަން ހޯދާފައިވާ ސޮލްޓްބައިގެ ފޭނުން ދުނިޔޭގެ އެކި ހިސާބުތަކުގައި އެބަ ތިއްބެވެ.