ދަރްމާ ޕްރޮޑަކްޝަނުން މިއަހަރު ގެނެސްދޭން ރަސްމީކޮށް ތާވަލް ކޮށްފައިވާ ފިލްމު "ލައިގާ" ބެލުންތެރިންނާ ހިސާބަށް ގެނެސްދިނުން ފަސްކޮށްފިއެވެ.

ދަރްމާއިން ބުނީ ފިލްމުގެ ޓީޒާއެއް ގެނެސްދޭން ނިންމާފައިވީ ނަމަވެސް އިންޑިއާގެ ހާލަތު އެކަމަށް ތަން ނުދޭ ކަމަށެވެ. އެހެން ކަމުން ދަރްމާއިން ނިންމާފައިވަނީ ފިލްމް އެޅުވުން ފަސް ކުރުމަށެވެ.

ޕޫރީ ޖަގްނާތް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ފަސް ބަހެއް ބޭނުން ކޮށްގެން ތައްޔާރު ކުރާ ފިލްމެކެވެ. އެއީ ތެލުގޫ، ހިންދީ، މަލަޔާލަމް، ކަނަޑާ އަދި ޓަމިލްއެވެ. ރޮމޭންޓިކް ސްޕޯޓްސް އެކްޝަން މިފިލްމުގެ އިސް އެކްޓަރުންގެ ގޮތުގައި ފެނިގެން ދާނީ 2011 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ތެލުގޫ އެކްޓަރު ވިޖޭ ދެވަރަކޯންޑާއި އަދި އަނަންޔާ ޕާންޑޭއެވެ. އަނަންޔާ ޕާންޑޭ ގިނަ ބަޔަކަށް ފެނިގެން ގޮސްފައިވަނީ ސްޓޫޑެންޓް އޮފް ދަ އިޔާ 2 އިންނެވެ. މި ފިލްމުގައި ވިޖޭ ފެނިގެންދާނީ ސްޕޯޓްސް ފީލްޑުން ކުރިޔަށް ދާ، ބޮކްސިން ކުޅުންތެރިޔެއްްގެ ގޮތުގައެވެ.

ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން އަލަށް ފެނިގެންދިޔަ ތަރި އަނަންޔާ އަކީ އަދި މިދާއިރާގައި މާބޮޑު ތަރުޖިބާއެއް ލިބިފައިނުވާ އާ ތަރިއެކެވެ. އޭނާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކަކީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" "ޕަތީ ޕަތްނީ އޯރް ވޯ" "އަންގްރޭޒީ މީޑިއަމް" އަދި "ކާލީ ޕީލީ"އެވެ. ދެން އެންމެ އަވަހަށް އަނަންޔާ ފެނިގެންދާނީ ފިލްމު ލައިގާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު