ޝޯއެއްގެ ޝޫޓިންގެ ތެރެއިން ލިބުނު އަނިޔާއަކަށް ލަވަކިޔުންތެރިޔާ ނިކް ޖޯންސް ހޮސްޕިޓަލުން ފަރުވާ ހޯދައިފިއެވެ.

އުމުރުން 28 އަހަރުގެ ނިކް އަށް އަނިޔާވުމުން އެމްބިއުލަންސްގައި އޭނާ ކައިރި ހޮސްޕިޓަލަކަށް ގެންދިޔައެވެ.

ނިކް އަށް ލިބުނު އަނިޔާގެ ތަފްސީލެއް މީޑިއާގައި އަދި ހާމަކޮށްފައި ނުވާއިރު ބެލެވޭގޮތުގައި އޭނާ އަށް ލިބިފައި ވަނީ ސީރިޔަސް އަނިޔާތަކެކެވެ.

ހޮސްޕިޓަލުން ފަރުވާހޯދުމަށްފަހު ނިކް މިހާރު ގެއަށް ދޫކޮށްލާފައިވާކަމަށް ބޭރުގެ މީޑިޔާތަކުން ހާމަކުރެއެވެ. އަދި ނިކްގެ ފަރާތުންވެސް އަދި އޭނާއަށް ލިބުނު އަނިޔާތަކުގެ ވާހަކައެއް މީޑިއާގައި އަދި ހާމައެއް ނުކުރެއެވެ.

ދެހާސްއަށާރަ ވަނައަހަރު ވެސްނިކް އަށް ވަނީ އަނިޔާވެ ފަރުވާ ހޯދައިފައެވެ. އޭރު އޭނާއަށް އަނިޔާވީ ކަސްރަތު ކުރަނިކޮށެވެ.

މިއަހަރު ބާއްވާ ބިލްބޯލް މިޔުޒިކް އެވޯޑް ގެ ހޯސްޓަކަށް ނިކް ހަމަޖައްސާފައިވާއިރު މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގައެވެ.

ނިކް ވަނީ 2018 ވަނަ އަހަރު އިންޑިއާގެ މަޝްހޫރު ފިލްމީތަރި ޕްރިޔަންކާ ޗޮޕްޅާ އާ ވަނީ ކައިވެނި ކޮށްފައެވެ.