މޭގަން މާކެލް ޕްރިންސް ހެރީ އާއި ކައިވެނި ކުރުމުގެ ކުރިން ދަރިން ލިބޭތޯ ޓެސްޓް ކުރި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ނަމަވެސް މިއީ މާބޮޑު ހެކިތަކެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫނެވެ.

މީގެ ކުރިން ވެސް ޝާހީ އާއިލާގެ ކައިވެނިތަކާއި ގުޅިގެން މިފަދަ ވާހަކަތައް ދެކެވިފައި ވެއެވެ.

ކޭޓް މިޑްލްޓަން ޕްރިންސް ވިލިއަމް އާއި ކައިވެނި ކުރުމުގެ ކުރިން ދަރިން ލިބޭތޯ ޓެސްޓް ކުރިކަމަށް އެދުވަސްވަރު ވާހަކަ ފެތުރުނެވެ. އަދި ޕްރިންސް ޗާލްސް އާއި ޑަޔާނާގެ ކައިވެނީގެ ކުރިން ޑަޔާނާ އަށް ދަރިން ލިބޭތޯ އާއި ޑަޔާނާ އަކީ ބިކުރުވެރިއެއްތޯ ޓެސްޓް ކުރިކަމަށް ވެސް ވާހަކަދެކެވުނެވެ. އެވާހަކަތައް 2011 ވަނަ އަހަރު ވަރަށް ގަޑައަށް ދެކެވުނެވެ. އެއީ އެކަން އެނގިހުރި މީހެއް ކަމަށް ބުނެ މީހަކު މީޑިއާއަށް ފާޅުގައި އިންޓަވިއު ދިނުމުންނެވެ.

ޕްރިންސް ހެރީ އާއި ކައިވެނި ކުރުމުގެ ކުރިން މޭގަން އަށް ދަރިން ލިބޭތޯ ޓެސްޓް ކުރި ކަމަށް ވާހަކަދެކެވުނު ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިކަމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އެޚަބަރު ދޮގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ދަރިން ލިބޭތޯ މޭގަން ޓެސްޓެއް ކުރިނަމަ އެކަން ކުރާނީ ވަރަށް ސިއްރުން ކަމަށާއި މިޒަމާނުގައި އެފަދަ ޓެސްޓެއް އެއްވެސް މީހަކަށް ނޭނގި ކުރެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ. އެހެންކަމުން ސިއްހީ އެހީތެރިއެއް ކައިރިއަށް ނުގޮސް ކާކުކަން ނޭނގޭ މީހެއްގެ ސާމްޕަލް ފޮނުވައިގެޓް ޓެސްޓް ކުރެވިދާނެ ކަމަށް އެފަދަ މީހުން ބުނެއެވެ. އެހެންކަމުން މޭގަން އެފަދަ ޓެސްޓެއް ކުރިނަމަވެސް އެކަން އިތުރު ބަޔަކަށް ނޭނގޭނެއެވެ.

މޭގަން ޕްރިންސް ހެރީ އާއި ކައިވެނި ކުރުމުގެ ކުރިން އޭނާ ބަލިވެ އިންކަމަށް ބުނެ ވެސް ކުރިން ވާހަކަފެތުރުނެވެ.