ބޮލީވުޑުގެ ކިންގް ޚާން ޝާހުރުކް ޚާނަކީ އެކްޓު ކުރުމުގައި އެންމެ ފުންނާބު އުސް އެއް ފަންނާނެވެ. ހަމައެފަދައިން ޝާހުރުކް ޚާނަކީ އޭނާގެ ތިން ދަރިންނަށް ލާމަސީލު ބައްޕައެކެވެ.

ދަރިންގެ ކަންތައްތަކުގައި ޝާހުރުކް ޚާނަކީ ވަރަށް ފަރުވާތެރި މީހެކެވެ. ވަކީން ހާއްސަކޮށް ޝާހުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ސުހާނާގެ ކަންތައްތަކަކީ އޭނާ ވަރަށް ގާތުން ބަލައި ކަންތައްތަކެވެ.

އެންޑީޓީވީއަށް ދިން ކުރިން ދިން އިންޓަވިއުއެއްގައި ޝާހުގެ ދަރިފުޅު ސުހާނާއާއި ލޯބީގެ ގޮތުން ގުޅެން ބޭނުންވާ މީހެއް ނަމަ 7 ކަމަކަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. ސުހާނާ މީހަކާއި ރައްޓެހިވުމަށްފަހު އޭނާ ގާތު ހުއްދަ ހޯދުމަށް އަހައިިފިނަމަ ނޫނެކޭ ބުނަން އޭނާއަށް އުދަނގޫވާނެތީ ކުރިން އެކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ހަތް ގަވާއިދެއް ވަނީ ހަދައިފައެވެ.

ޝާަހުގެ މި ގަވާއިދުތައް ކިޔުމަށްފަހު މީހުން އޭނާ ސީރިއަސްކޮށް ބަލައިގަތުމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް މިކަން މިއީ މަޖާކަމަކަށް ވި ނަމަވެސް ބައްޕައެއްގެ ހައިސިއްޔަތުން ހަދާފައިވާ ގަވާއިދެއް ކަމަށް ވެސް ބުނެފައިވެއެވެ.

ސުހާނާއާއި ލޯބީގެ ގޮތުން ގުޅޭ މީހަކު އެންމެ ފުރަތަމަ ކަމަކަށް ވެސް ވަޒީފާއަކަށް ދާންވާނެއެެވެ. ދެވަނަ ކަމަކަށް ޝާހު ފާހަގަ ކޮށްފައިވަނީ އެމީހަކާއި މެދު ޝާހު ހިތްހަމަނުޖެހޭނެކަން ވެސް އެނގެން ޖެހޭނެ ކަމަށެވެ. ތިންވަނަ ކަމަކީ އެދެމީހުންގެ ހުރިހާ ކަމެއް ވެސް ވަރަށް ގާތުން ބަލާނެ ކަމެވެ. ހަތަރުވަނަ ކަމަކީ ސުހާނާއަކީ ޝާހުގެ ޕްރިންސަސް ކަމަށާއި އެމީހެއްގެ އަޅެއް ނޫންކަން ގަބޫލުކުރަން ޖެހޭނެ ކަމެވެ. ފަސްވަނަ ކަމަކީ ވަކީލެއް ހޯދައިފައި ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ. ހަވަނަ ކަމަކީ ޝާހު ޖަލަށް ދާން ޖެހިދާނެ ކަމަށް ބިރުނުގަންނަކަން ހަނދާނުގައި ބެހެއްޓުމެވެ. އެންމެ ފަހު ކަމެއްގެ ގޮތުގައި ޝާހު ފާހަގަކޮށްފައިވަނީ ސުހާނާއަށް ދޭ ކޮންމެ ދެރައެއް އެމީހަކަށް ދޭނެކަން ހަނދާން ބެހެއްޓުމެވެ.

ޝާހުގެ އަންހެން ދަރިފުޅު ސުހާނާއަށް އިއްޔެ ވަނީ 22 އަހަރު ފުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  އަފިރިން ސަލާން ޝާހު ތޯ ތިޔެއި އިނދަގަން

  24
  5
  • ޕާޕަ ޕާޕާ

   އައްޑޫ ކުޑަ ބައްޑާއެއް.
   ހޭބަލިވެގެން ތިއުޅެނީ އެއީ އޭނަގެ ދަރިފުޅޭ.

   8
   11
 2. ކަލޯ

  މިއީ ރަނގަޅު ގައިޑްލައިންތަކެއް. ހަރުކަށި ފިކުރުގެ ބައެއް އަލާމާތް އެބަހުރި އެކަމަކު.

  21
  4
 3. އަލްޖިބްރާ

  ކަލޭގެ އަންހެން ދަރިއެނަމަވެސް ތިޔަހާ ޝަރުތު ގިނަކޮށްގެން ތިޔަ އަންހެން ދަރިއާ އިންނާނެ މީހަކު ވާނެބާ ؟އަންހެންދަރީގެ ހަބަލާލާފަ ކަޓުވާލާނީ ކަންނޭގެ !

  16
  5
 4. އެރި

  ގަދަ

  4
  2
 5. Anonymous

  Hi

  2
  1
 6. ފައްޔާޒު

  ސާހޫ މަބޭނުންވަނީ އިންނަން ވަލީ ބޭނުން ވަނީ.

  4
  2
 7. ހޮރިބަލް ހާން

  ހޮރިބަލް ޑޭޑް