ޓީވީ ރިއަލިޓީ ޝޯއެއް ކަމުގައިވާ އިންޑިއަން އައިޑަލް 12 ހުށަހަޅައިދޭ ލަވަކިޔުންތެރިޔާ އަދި އެކްޓަރ އަދިތުޔާ ނާރާޔަންގެ ހުވަފެނަކީ ގުރެމީ އެވާޑު ހާސިލު ކުރުމާއި އެ ހަފުލާގައި ޕާރފޯމް ކުރުން ކަމަށް އޭނާ ބުނެފިއެވެ.

އީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އަދިތުޔަ ބުނެފައިވަނީ ކޮންމެ މީހަކު ވެސް ދެކޭ ހުވަފެންތައް ތަފާތު ވާނެ ކަމަށެވެ. އެގޮތުން އޭނާގެ ހުވަފެނަކީ ގުރެމީ އެވާޑު ހާސިލު ކުރުމާއި އެ ހަފުލާގައި ޕާރފޯމް ކުރުން ކަމަށެވެ.

އާދިތުޔަ ބޭނުންވަނީ ހިންދީ ބަހުން ފިޔަވައި އެހެން ބަސްބަހުން ވެސް އޭނާއަށް ލަވަކިޔޭނެކަން މީހުންނަށް އަންގައިދިނުމެވެ. އިނގިރޭސި ބަހުން ވެސް ރީތިކޮށް ލަވަކިޔޭނެ ކަމަށް އާދިތުޔަ ބުނެފައިވެއެވެ.

އަދިތުޔަ ބުނެފައިވާ ގޮތުގައި އޭނާ މި އެވޯޑު ހާސިލު ކުރަން ބޭނުންވަނީ އޭނާގެ ގައުމަށްޓަކައެވެ. ގައުމަށް ފަހުރުވެރި ޝަރަފެއް ހޯދައިދިނުމަށް ކަމަށެވެ.

ހިތުގެ އަޑިން ކަމަކަށް ބޭނުންވެ އެކަމަށް ގަދައަޅައި މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބު ވާނެ ކަމަށް ދެކޭ އަދިތުޔަ ބުނެފައިވަނީ އޭނާގެ މި ހުވަފެން ހަގީގަތަކަށް ހެދުމަކީ އުދަނގޫ ކަމެއް ނަމަވެސް ނުވާނެ ކަމެއް ނޫން ކަމަށެވެ.

ފިލުމުތަކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރިތޯ އީޓައިމްސްއިން ކުރި ސުވާލަށް ޖަވާބުދެމުން އަދިތުޔަ ބުނެފައިވަނީ އޭނާ ބޭނުންވަނީ ލަވަކިޔުމަށް ކަަމަށެވެ. އަދި ގުރެމީ އެވޯޑު ހާސިލު ކުރުމަށް ކަމަށެވެ.

ގުރެމީ އެވޯޑު ހާސިލު ކުރުމުގެ ހުވަފެންތައް ދެކެމުން އަންނަ އަދިތުޔާއަކީ އަދި ޒުވާނެއް ކަމަށާއި ހުވަފެންތައް ހާސިލު ކުރުމަށް އަދި ވެސް ވަރަށް ވަގުތު އޮތްކަމަށް އޭނާ ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު