ބޮލީވުޑުގެ މެގަ ސްޓަރ އަމީތާބު ބައްޗަންއަކީ އޭނާގެ ފިލުމީ ކެރިއަރުގައި ފައިސާގެ ގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވި ފަންނާނެއް ނަމަވެސް މިހާރު އަމީތާބަކީ ބޮލީވުޑުގެ އެންމެ މުއްސަނދި ފަންނާނުންގެ އެކަކެވެ.

ކޮވިޑުގެ މި ނުރައްކާތެރި އަދި އިގުތިޞާދީ ގޮތުން ވެސް ދަށްވެފައިވާ މި ދުވަސްވަރު އަމިތާބު ވަނީ މުމްބާއީ ދެ ފަންގިފިލާގެ ބޮޑު އެޕާޓްމަންޓެއް ބޮޑު އަގުގައި ގަނެފިއެވެ.

4،282،141 ޑޮލަރުގެ އަގުބޮޑު މި އެޕާޓްމަންޓު އަމީތާބު ގަނެފައިވަނީ 85،642 ޑޮލަރަށެވެ. 5184 ސްކްއަރ ފީޓުގެ މި އެޕާޓްމަންޓު އަމީތާބު ގަނެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ނަމަވެސް މި އެޕާޓްމަންޓަށް ސްޓޭމްޕް ޑިއުޓީ ދައްކާ އެޕާޓްމަންޓު ރެޖިސްޓަރ ކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުއެވެ.

މިފަދަ ދުވަސްވަރެއްގައި މިހާ އަގުބޮޑު ގެއެއް އަމީތާބު ގަތީ ކީއްވެގެންތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ މި ދުވަސްވަރު އެޕާޓްމެންޓެއް ގަނެފައި ވަނީ މަހަރާޝްތުރާގެ ސަރުކާރުން މިދިޔަ އަހަރުގެ ޑިސެމްބަރ އިން ފެށިގެން މިއަހަރުގެ މާރޗު މަހުގެ 31 އަށް ސްޓޭމްޕް ޑިއުޓީގެ ދެ ޕަރސެންޓް ދަށް ކުރުމާއި ގުޅިގެންނެވެ.

މި މަހު މުމްބާއީއަށް ތޫފާނުގެ ސަބަބުން ވަނީ އަމީތާބުގެ އޮފީހަށް އަަސަރުކޮށްފައެވެ. އޮފީހުގެ ފޮޓޯތަކާއި އެކު ކުރި ޓުވީޓެއްގައި އަމީތާބު ވަނީ މިކަން ހިއްސާ ކޮށްފައެވެ. އަމީތާބުގެ އިތުރުން އަލަށް އިމާރާތް ކުރަމުންދާ ރަންބީރު ކަޕޫރުގެ އާއިލީ ގެ އަށް ވެސް ވަނީ މި ތޫފާނުގެ އަސަރު ކޮށްފައެެެވެ.

އަމީތާބަކީ މީސް މީޑިޔާގައި ވަރަށް ހަރަކާތްތެރި މީހެކެވެ. އޭނާގެ ފިލުމީ ހަނދާންތަކާއި އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ވެސް ޓުވިޓާ މެދުވެރިކޮށް ހިއްސާ ކުރާ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދުންތަރި

  ދައްކާ ވާހަކަ ހަމަޖެހޭބާ ؟ 4.282 މިލައަން ޑޮލަުގެ އެޕާރޓްމަނޓް ގަނެ 85642 ޑޮލަު ދެއްކީ ސްޓޭމްޕް ޑިއުޓީ ގޮތުގަ

 2. ހަމައަހާލީ

  4281141 މިލިއަންޑޮލަރުގެ އަގުބޮޑު އެޕާޓުމަންޓެއް އަމީތާބު މިގަތީ 85642 ހާސް ޑޮލަރަށް އަމީތާބު ގަތްއިރު މިތަން ހުރީ ބާވެ ވީރާނާވެފަތަ؟ މުމްބާއީ ކަހަލަ ތަނަކުން ތިވަރުގެ ހުސްބިމެއްގެ އަގެއްނުތީ

 3. ބޯހަލާކު

  ސުރުހީ ބޮޑުކަމުން ހަބަރުކިޔާލިއިރު 85 ހާސް ޑޮލަރަށްވީމަ ހުޅުމާލޭގަ ހަދަފައިހުރި ހިޔާ ފުލެޓަކަށްވުރެ އަގުހެޔޮ

  14
 4. އާވިމް

  "4،282،141 ޑޮލަރުގެ އަގުބޮޑު މި އެޕާޓްމަންޓު އަމީތާބު ގަނެފައިވަނީ 85،642 ޑޮލަރަށެވެ". މިބައި ނޭގުނު.

  10
  1