އަރާރުންވުމާއި ޒުވާބު ކުރުމަކީ ގިނަ ފަހަރަށް ވަރަށް ނުރައްކާތެރި ކަމެކެވެ. ހިތުން ނުފިލާވަރުގެ ހާދިސާތަކާއި ކުރިމަތިލާން ޖެހޭ ކަމެކެވެ. ނަމަވެސް މައްސަލަ ޖެހި ޒުވާބުކޮށް އަރާރުންވާން ޖެހޭ ހާލަތްތައް ވަރަށް ގިނައިން އާދެއެވެ. ވަކީން ހާއްސަކޮށް ދެމަފިރިންގެ ދެމެދުގައެވެ
އެގޮތުން ރަޝިޔާގެ ޕެޓަސްބާގަށް ނިސްބަތްވާ ދެމަފިރިން ކަމުގައިވާ އޮލްގާ ވޮލްކޯވާއާއި ޔެވްކެނީ ކާލަގިން، އެމީހުންގެ ގޭގެ ދެވަނަ ފަންގިފިލާގެ ބެލްކަނީގައި ތިބެ ޒުވާބު ކުރަނިކޮށް މި ވަނީ ހިތުން ފިލާ ވަރުގެ ލަޑެއް ލިބިފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުން ވެއްޓިފައި ވަނީ ބެލްކަނީގައި ޖަހާފައިވާ ރެއިލިންގްސް ހަލާކުވެ ތިރީގައި ހުރި ކާރުތަކުގެ މައްޗަށެވެ.
މި މަންޒަރު ވީޑިއޯ ކޮށްފައިވަނީ އާޘާރީ ތަންތަނުގެ ފޮޓޯ ނަގަމުން ދިޔަ މީހެކެވެ. އޭނާ ބުނެފައިވަނީ ފޮޓޯ ނަގަމުން ދަނިކޮށް އޭނާގެ ލޮލުގައި އެ މަންޒަރު އަޅައިގަތުމުން ވީޑިއޯ ކުރަން ފެށި ވަގުތު މި ހާދިސާ ހިނގީ ކަމަށެވެ.
މި ދެމަފިރިންގެ ކުޑަ ފިރިހެން ދަރިއަކު ހުންނަ ކަމަށް ވެއެވެ.
ވީޑިއޯ ކުރި ފަރާތުން ބުނެފައި އެމީހުން ވަގުތުން އެ ދެމަފިރިންގެ ވިންދު ބެލުމަށް ފަހު އެމްބިއުލެންސަށް ގުޅީ ކަމަށެވެ.
މި ދެމަފިރިން ވީ އެންމެ އަވަހަކަށް ކައިރީގައި ހުރި ހޮސްޕިޓަލަށް ގެންދިޔައެވެ. ދެމީހުންނަށް ވެސް ކުދި އަނިޔާ ވެފައިވީ ނަމަވެސް ބޮޑެތި އަނިޔާ ތަކެއް ލިބިފައިނުވާ ކަމަށް ރިޕޯޓް ތަކުގައިވެއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެމުން ބުނެފައިވަނީ އިއްޔެ ހެނދުނު 10 ޖަހާކަށްހާއިރު ހިނގި މި ހާދިސާ ތަހުގީގު ކުރަމުން ދާ ކަމަށެވެ. ހާދިސާ ހިނގުމުގެ ކުރިން ބެލްކަނީގެ ރެއިލިންގްސް ހުރީ ރަނގަޅަށްތޯ ނޫންތޯ ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކޮބާ ވީޑިއޯ