ދުނިޔެ ވަށައިގެން ދައުރުވަމުންދާ ހަނދުގައި ގިނަ މިންވަރަކަށް ފެން އެބަހުރިކަން،ހާންމަވާ އިތުރު ހެކި ސައިންސްވެރިން ހޯދައިފިއެވެ.

ދެކުނު އެފްރިކާގެ ސަހަރާއިން ފެނުނު ގިނަ ހިލައެއް ތަހުލީލު ކުރުމަށް ފަހު ސައިންސްވެރިން ބުނެފައިވަނީ މިއީ ހަނދުގައި ފެން ހުރި ކަމުގެ ހެއްކެއް ކަމަށެވެ. މި ގިނި ހިލަ އަކީ ހަނދުން އައިސްފައިވާ ގިނި ހިލައެއް ކަމަށް ބެލެވޭއިރު މި ގިނި ހިލާގައި ކޮންމެވެސް ވަރަކަަށް ފެނުގެ އަސަރު ފެންނަން ހުރިއެވެ.

ޓޮހޮކޯ ޔުނިވަރުސިޓީ އިން މި ގިނި ހިލަ ތަހުލީލު ކުރުމަށް ފަހު ބުނެފައިވަނީ މި ގިނި ހިލާގައި ފެން އުފެދުމަށް މެދުވެރިވާ މާއްދާއެއް އެކުލެވޭ ކަމަށެވެ. މި އީ ފެން އުފެދުމަށް މެދުވެރިވާ މިނަރަލް އެއް ހަނދުން އައިސްފައިވާ ގިނި ހިލައަކުން ފެނުނު ފުރަތަމަ ފަހަރެވެ.

ހަނދުގައި ހުރި ފެނުގެ ހަގީގަތް އަދިވެސް ނުހޯދެއެވެ. މީގެ ކުރިން ބެލެވިފައިވަނީ ހަނދަކީ ވަރަށް ހަނަފަސް ތަނެއްގެ ގޮތުގައެވެ. އަދި ދަމާބާރު ނުވަތަ ގްރެވިޓީ ދަށް ކަމުން ފެން އޭގެ ޒާތުގައި ދެމި ނުހުންނަ ކަމަށެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން 2009 ގައި ވަނީ ހަނދުގެ ދެކުނު ބިތަށް އުޅަނދެއް ފޮނުވައިފައެވެ. އެ ފަހަރު ގަނޑު ފެން ހުރިކަން ވަނީ ކަށަވަރު ވެފައެވެ. އަދި މިއީ އެތައް ބިލިއަން އަހަރެއް ވެފައިވާ ފެން ކަމަށް ވެސް ނާސާއިން ބުނެފައިވެއެވެ.

ބްރައުން ޔުނިވާސިޓީގެ ޝުއައި ލީ ވިދާޅުވީ ހަނދުގައި ހުރި ފެނަކީ ދުނިޔެއިން ފޯރި ފެން ތޯ ނުވަތަ ދުންތަރިން ފައިބާފައިވާ ފެންކަން ކަށަވަރު ނުކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 10 އަހަރު ތެރޭ ހަނދުގައި ފެން ހުރިތޯ ބެލުމަށް އުޅަދެއް ފޮނުވާނެއެވެ. ހަނދަށް ފޮނުވާ އުޅަދުގެ މައިގަނޑު ބޭނުމަކީ ހަނދުގެ ދެކުނު ތަނޑީގައި އިންސާނުންނަށް އުޅެވޭނެ ފަދަ ބޭހެއް ތަރައްގީ ކުރެވޭތޯ ދިރާސާ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިއާ ޚަލީފާ

    މިހާރު އެބައެނގޭތާ އަދިވެސް ހަނދަށް ދެވިފައިނުވާކަން...

  2. ޖަމީލުބެ

    ހެޔޮނުވާނެ ދުނިޔޭގަ ފެންނުލިބިގެން އުޅޭ މީހުންނަށް ފެން ހޯދަ ދީބަލަ ތި ޚަރަދު ނުކޮށް

  3. މޯޑު

    ކޮނޑު އޮތް ފުރޯ ވަލުން ހޯދަނީ

  4. މަމީހާ

    ތުނބުޅިކުދިން މިކިޔާފަ ނުވެސް ނިދޭނެ