ތުރުކީގެ ފިލްމްތަކާއި ޑްރާމާ ސީރީސްތަކުން މަޝްހޫރުކަން ހޯދާފައިވާ ފަންނާނެއް ކަމަށްވާ ކެރެމް ބާސިން ލޯބިވެރިޔަކު ހޯދިކަން ރާއްޖޭގައި ހުރެ އިއުލާންކޮށްފިއެވެ.

ކެރެމް ލޯބިވެރިޔަކު ހޯދި ޚަބަރާއިއެކު ތުރުކީގެ މީޑިއާތަކުން ވަނީ ރާއްޖޭގެ ރީތި ކަމުގެ ވާހަކައާއި ޗުއްޓީ ހޭދަކުރަން ރާއްޖެ ފަދަ ފުރިހަމަ ދެވަނަ މަންޒިލެއްނެތް ކަން ފާހަގަ ކޮށްފައެވެ.

ކެރެމް ލޯބިވެރިޔަކު ހޯދިކަން އިއުލާން ކުރީ ރާއްޖޭގައި ހުރެ ކަމުގައި ވީނަމަވެސް އޭނާގެ ލޯވެވެރިޔަކީ ދިވެއްސެއް ނޫނެވެ. އޭނާގެ ލޯބިވެރިޔަކީ ތުރުކީގެ ބައެއް ފިލްމުތަކުންނާއި ޝޯތަކުން ފެނިފައިވާ ހެންޑީ އެރްސެލް އެވެ.

އެރްސެލް ވެސް ވަނީ އޭނާ އާއި ކެރަމް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މީޑިއާގައި ކަށަވަރުކޮށްދީފައެވެ. "އަހަރެންނަށް މިހާރު އިހްސާސް ކުރެވެމުން ދަނީ އަހަރެންނަކީ ވަރަށް ނަސީބު ގަދަ މީހެއް ކަމަށް. އަހަރެން މިހުރީ ވަރަށް އުފަލުން." އެރްސެލް ބުނެފައި ވެއެވެ.

އެރެސެލް އާއި ކެރަމް ލޯބިވެރިންނަށް ވުމުން އެމީހުންނަށް ސަޕޯޓް ކުރާ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތަކުގައި ހަރުކަށި ފިޔަވަޅުތައް ވަނީ އަޅާފައެވެ. ފަތުރުވެރިންނަށް ފަސޭހައިން ދަތުރު ކުރެވޭ މަދު ގައުމުތަކުގެ ތެރެއިން އެއްގައުމަކީ ދިވެހިރާއްޖެއެވެ. އެހެންކަމުން ރާއްޖެ އަށް މިއަހަރު އަންނަ ތުރުކީ ފަތުރުވެރިންގެ އަދަދު ވެސް އެހެން އަހަރުތަކާއި އަޅައި ބަލާއިރު އިތުރު ވުން އެކަށީގެންވާ ކަމަށް ތުރުކީގެ މީޑިއާތަކުން ބުނެއެވެ.

ނަމަވެސް ފަހަކަށް އައިސް ތުރުކީން ވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އެގައުމުން ޗުއްޓީ އަށް ދަތުރުކުރަން ޕްލޭންތައް ކޮށްފައިވާ މީހުންގެ ދަތުރުތަކަށް ވަނީ ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ ޝަކުވާ ބޯޓު

    އަހަރެން؛ ޝާނީ: އަށް: މަރުހަބާ؛ ކިޔަން؛ކުށެށް؛ ނުލައި؛ މިހަބަރު؛ ލިޔެފައި؛ އޮތީމަ:
    ތިމާ: އަމިއްލައަށް: އަގުވައްޓާލަނީ: ފެނަވަރުކުޑަ: ކުށްގިނަ: ހަބަރު: ލިޔެ؛
    ޢިސްލާހު: ކުރަންދެން: ހަމަ:ކިޔާނަން؛

    • ނިވި ދިއްލޭ ބޮކި

      ޝާނީއާ ދިމާލަށް ތިހެން ބުނާއިރު "އައްޑޫ ޝަކުވާ ބޯޓު"ގެ ކޮމެންޓުވެސް ތިހުރީ މީހަކު އެއްޗެއް ނުބުނާ ފަދަ ގޮތަކަށް ނޫން.މުޅި ކޮމެންޓުވެސް ތިހުރީ ތިކިން ޖަރީކޮށްލާފަ.