ހަނދާންވޭ ހެއްޔެވެ؟ އަތުގައި ހަމައަށް ފައިސާ ނެތިވެސް ރެސްޓޯރެންޓަކަށް ކާން ގޮސްގެން، ދެން ބުނެވޭނެ އެެއްޗަކީ ޖެހޭނީ ދެން އެތަނުގައި ތަށި ދޮންނަން ހުންނަން ކަމެވެ. މިއީ މީގެ ކުރިން އެތައް ފަހަރަކު އަހަރުމެން ކިޔާފައިވާ އެއްޗެއްސެވެ.

އެފަދަ ހާދިސާއެއް މި ވަނީ ހިނގާފައެވެ. މިފަހަރު އެކަމަކު ދިމާވީ ކައިވެނީގެ ހަފްލާއެއްގެ ތެރެއިންނެވެ.

މިކަން ވީ ކައިވެނި ކުރި ދެމަފިރިންގެ ކައިވެނި ހަފްލާއަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ހަރަދުވާން ފެށުމުން، އެކަން ހުއްޓުވުމުގެ ގޮތުން ކުރި ކަމަކަަށެެވެ. އެ ދެމަފިރިން ގެސްޓުންނަށް މަޖުބޫރު ކުރުވީ ތަށި ދޮންނަން ތިބުމަށެވެ. އެ ދެމަފިރިންނަށް އެކަން ކުރުމަށް މީހަކު ނުހޯދުނެވެ.

"އަންހެން މީހާއަކީ އަހަރެންގެ އާއިލާ މީހެއް، ފިރިހެން މީހާވަނީ އެ އަގުބޮޑު ކައިވެނި ހަފްލާ ބާއްްވަން އަގުބޮޑު އެއްޗެހި ގަނެ ކުއްޔަށްވެސް ނަގާފައި، ފޮޓޯ ނެގުމަަށާއި، ކައިވެނީގެ ހަފްލާއަށާއި، ބަފެޓަށާއި، ހުރިހާ ކަމަކަށް ހަރަދު ކުރި: ރެޑިޓްގައި އެ މީހާ ލިޔެފައި ވެއެވެ.

އަދި އެތަނުގައި ގެސްޓުންނަށް ވާ ވަރަށް ކާ އެއްޗެހިވެސް ނެތް ކަން އެ އަންހެން މީހާ ވަނީ ފާހަގަކޮށްފައެވެ. އެ އަންހެން މީހާ ފާހަގަކުރިގޮތުގައި، އޭނާއަށް ކާން އެއްޗެހި ލިބުނެވެ. ކާން ނުލިބެނީ އޭނާގެ ލޯބިވެރިޔާއަށެވެ. އޭނާގެ ލޯބިވެރިޔާ ފަދައިން އެހެން ބަޔަކުވެސް ދާން ޖެހުނީ އެ ހަފްލާއަށް ގޮސް ނުކައެވެ.

"މިކަންތަކުގެ އިތުރުން، ބައެއް ގެސްޓުން ގާތުގައި ބުނީ، ތަށިތައް ދޮންނަންވެސް، އެނގުނު ގޮތުގައި، އެ ދެމަފިރިން ހުރިހާ ފައިސާއެއް ހަރަދު ކުރީ ކައިވެނި ހަފްލާ ބާއްވާ ތަނަށް. އެންމެ ފަހުން އެ މީހުން ނިންމީ ކޭޓެރިންގ ކަންތައް ކުރާނީ އަމިއްލައަށް ކަމަށް. އެހެން ނަމަވެސް އެރޭގެ ކެއުންވެސް ނިމިއްޖެ. ރިސެޕްޝަން ކަންތައްތަކުގައި އުޅުނީ، އެހެން ހުއްޓާ އަހަރުމެން ކައިރީގައި ބުނީ ބަދިގެއަށް އަންނަން އަހަރުމެން ދިއުމުން އަހަރުމެންނާއި ހަވާލުކުރީ ހުރިހާ ތަށިތަކާއި ހުރިހާ އެއްޗެއް ދޮންނަން". އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނީ، އޭނާއާއެކު އިތުރު ނުވަ މީހަކު އުޅުނީ އެ މަސައްކަތުގައެވެ.

އެ މީހުންނަށް ކައިވެނީގެ މުހިންމު ބައެއް ކަންކަމުގައި ބައިވެރިއެއް ނުވެވުނެވެ. އެގޮތުން ކޭކު ފެޅުމާއި ނެށުމުގެ ހަރަކާތުގައި ބައިވެރި ނުވެވުނު ކަމަށް ބުންޏެވެ.