ޔާޔާނަބީލްގެ ނަމުގައި ޓިކްޓޮކްގައި އުޅުނު ދިވެއްސެއް ކަމަށްވާ މުހައްމަދު ނަބީލް، 36، ގެ ޓިކްޓޮކް އެކައުންޓް ޑިލީޓް ކޮށްލައިފިއެވެ.

ޓިކްޓޮކްއިން ނަބީލް ފެނިގެން ގޮސްފައިވަނީ އަންހެން ކެރެކްޓާއެއްގެ ގޮތުގައެވެ. މޭކްއަޕް ފިލްޓާތަކާއި އެކު 'އަންހެން' ވެގެން ނަބީލް ކުޅެފައިވާ ވީޑިއޯތަކަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

'ވަގުތު' އަށް މައުލޫމާތު ދެމުން ނަބީލް ބުނީ އޭނާގެ ޓިކްޓޮކް އެކައުންޓް ޑިލީޓް ކޮށްފައިވަނީ ބައްޕަގެ އެދުމުގެ މަތިން ކަމަށެވެ. ނަބީލް ބުނީ އަންހެން ހެދިގެން ފިލްޓާތައް ބޭނުން ކޮށްގެން ވީޑިއޯތައް ހަދައި ޓިކްޓޮކަށް ދޫކޮށްލަން ފެށުމުން އާންމުންގެ ފަރާތުން އާއިލާއަށް ކުރާ ޕްރެޝަރ ބޮޑުވެގެން ދިޔަ ކަމަށެވެ.

"ޓިކްޓޮކް އެކައުންޓް ހަމަ އަމިއްލަޔަށް ޑިލީޓް ކޮށްލީ. ބައްޕަ ބުނެގެން އަސްލު. ޔާޔާގެ މަންމަވީ ނިޔާވެފައި. ދެން ބައްޕަ ހުންނަނީ. އެހެންވެ ބައްޕަގެ އެދުމުގެ މަތިން ޑިލީޓް ކޮށްލީ. ޓިކްޓޮކްގައި އަންހެން ވެގެން ވީޑިއޯ ކުޅެފައި ހުއްޓަސް، ނަބީލް އަކީ އަސްލު އެހެން އުޅޭ މީހެއް ނޫން. އެކަމަކު އެހެން ޓިކްޓޮކް ކުޅޭތީ އެ ވީޑިއޯތައް ބަލައިގެން އިތުރު މީހުން ވެސް އަންހެން ވެގެން ޓިކްޓޮކް ކުޅޭ. ޓިކްޓޮކްއިން ފެނިގެންދާ އެ ކެރެކްޓާ ސޮސައިޓީއަށް ފިޓް ނުވާތީ ބޭނުންވީ ލޯ ޕްރޮފައިލް ވެލަން. ޓިކްޓޮކްއިން ނުފެނުނަސް އިންސްޓަގްރާމް އާއި ފޭސްބުކްއިން ފެނިގެންދާނެ" ނަބީލް ބުންޏެވެ.

ނަބީލް އާންމު ކޮށްފައިވާ ޓިކްޓޮކް ވީޑިއޯތަކަށް ލިބިފައިވާ ކޮމެންޓްތަކަށް ބަލާއިރު ފާހަގަ ވެގެން ދަނީ އޭނާ އާއި ދެކޮޅަށް ކޮށްފައިވާ ކޮމެންޓްތަކެވެ. ނަމަވެސް، ނަބީލް މިކަމާއި ގުޅިގެން ބުނީ ޓިކްޓޮކްގައި މީހުން އޭނާ އާއި ދެކޮޅަށް ކޮމެންޓްކޮށް ހުތުރު ބަހުން މުއާމަލާތް ކުރަނީ ޓިކްޓޮކް ކޮމެންޓް ސެކްޝަންގައި ކަމަށެވެ. އޭނާ ފާހަގަކުރީ ދުވާލެއްގެ މައްޗަށް އެތައް ފޯން ކޯލަކާއި، މެސެޖްތަކެއް އަންނަ އިރު މީހުން ނަބީލް އެފަދަ ޓިކްޓޮކް ކުޅުމަށް ހިތްވަރު ދެމުން ގެންދާ ކަމެވެ.

ނަބީލް ބުނީ މިހާ ހިސާބުން އަންހެން ވެގެން ވީޑިއޯ ހެދުން ހުއްޓާލީ ކަމަށެވެ. އަހަރެއްހައި ދުވަސް ފަހުން އަނެއްކާ ވެސް ޓިކްޓޮކްއިން ފެނިދާނެ ކަމަށާއި، ދެން ޓިކްޓޮކްއިން ފެނުނަސް އަންހެން ފިލްޓާ ލައިގެން ޓިކްޓޮކް ކުޅޭ މީހެއްގެ ގޮތުގައި ނުފެންނާނެ ކަމަށް އޭނާ ބުންޏެވެ.

އަންހެނަކަށް ހެދިގެން ޓިކްޓޮކް ކުޅެން ފެށުނުގޮތް ކިޔައިދެމުން ނަބީލް ބުނީ ޓިކްޓޮކް ބޭނުން ކުރަން ފެށިތަނާ އެކި ކަހަލަ ފިލްޓާ ލައިގެން ވީޑިއޯ ހަދައި އަޕްލޯޑް ކުރި ކަމަށެވެ. އެތަނުން އަންހެން ފިލްޓާއެއް ލައިގެން ވީޑިއޯ ހެދި ހިސާބުން އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ ކަމަށް އޭނާ ބުނެއެވެ. އެހިސާބުން ދެން ނަބީލް ފެނިގެން ގޮސްފައިވަނީ އަންހެން ފިލްޓާ ލައިގެން، އަންހެން ވައްތަރަށް ހެދުން އަޅައިގެން ޓިކްޓޮކް ކުޅޭ ފިރިހެނެއްގެ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މއކ

    އަޅޭ ހެޔޮނުވާނެ ކީއްވެތަ މިމީސްމީހުންގެ ވާހަކަޖަހަނީ ސްޓޮޕް މޭކިން ސްޓުޕިޑް ޕީޕަލް ފޭމަސް

    67
    12
    • Happy

      ޢަލަހަމްދުލިﷲ

      2
      1
  2. ޑިސަޕޮއިންޓަޑް

    މައިމައި،، ހައު ލޯ ދި މޯލްޑިވިއަން މީޑިއާ ހޭވް ފޯލަން😏

    34
    6
  3. މހމމ

    ރިއަލީ..؟ ޑޫ ވީ ރިއަލީ ނީޑް ހިޒް ފުލް ނޭމް އެންޑް އޭޖް..؟ ސްޓޮޕް ޕުޓިން ކްރޯސް ހެއަރ މާކާޒް އޮން ޕީޕަލް ހޫ ޑަޒްންޓ ބޮދާރ އަދާޒް..

    25
    9
  4. ރަދީފް

    ބައްޕަގެ ބަސްއަހި އިސްލާހްވެ ރަނގަޅު މަގަށް އައީތީވެ އުފާކުރަން.ދެން. ބަސްއަހައިގެން ރީތި ކޮށް ހުންނާނެކަމަށް އުއްމީދުކުރަން.

    91
    4
  5. ލަމް

    ވަރަށް ރަގަޅު....

    24
    1
  6. އަހުމަދުބޭ

    މީ ފިނޮޅު ރިސޯޓުގައި މަދިރި މަރަން އުޅޭ ސޮރުތަ ، ވައްތަރު ގޮތެއް ހުރޭ

    14
  7. ހޯސް

    އަހަރެންނަށް މާހުތުރުވެފައި ގޯސް މިކަހަލަ މީހުންނަށް ވިސްނައިދެނީ ކަމަށް ބުނެ އާއިލާއަށް ދުއްތުރާކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރާ މީހުން. އެމީހުން ހިތުން އެއީ މާ މާތް ތާހިރު ބައެއް ވިއްޔަ.

    19
    8
    • weewknzvsvs

      ދެން އެގޮތަށް އުޅެން ދޫކޮށްލަން ވީ ؟

      1
      1
  8. ބޭޗާރާ

    މިވާހަކަ ޖަހައިގެން މީޑިއާއަކަށް ފިޔަވަޅެއް ނާޅާނެ. އަދި މިހެން އުޅޭ މީހަކާމެދުވެސް އަޅާނެ ފިޔަވަޅެއް ނޯންނާނެ. އެޖެންޑާ 19 ތަފާތުވަނީ އެހެންވެ.

    5
    3
  9. weewknzvsvs

    ފިލްޓަރޭ. ލޮލް.

  10. ދެރަ

    😥