މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެންމެންގެ ލޯތައް އަމާޒުވެފައިވަނީ ޕްރިންސް ހެރީއާއި ޕްރިންސް ވިލިއަމްއަށެވެ. މަންމަ ޕްރިންސަސް ޑަޔާނާގެ 60 އުފަންދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ހެރީއާއި ވިލިއަމް ބައިވެރިވެފައިވެއެވެ.

ހެރީއާއި ވިލިއަމް މި ހާއްސަ ހަފުލާގައި ބައިވެރިވި ނަމަވެސް އެ ދެބެއިންގެ ގުޅުން އަދި ވެސް ރަނގަޅު ނޫން ކަމަށް ހަފުލާގައި ބައިވެރިވި މީހުން ބުނެފައިވެއެވެ.

ސަންކަން ގާޑެން އޮފް ކެންސިންގްޓަން ޕެލަސްގައި ބޭއްވި މި ހަފުލާގައި ބައިވެރިވެފައިވަނީ ހެރީއާއި ވިލިއަމްގެ އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިންނެވެ.

ހެރީ އާއި ވިލިއަމްގެ ގުޅުން ދެން ރަނގަޅުވާނެ ކަމާއި މެދު ހަފްލާގެ ބައިވެރިން ވެސް ވަނީ ސުވާލު އުފައްދާފައެވެ. އަދި ހަފުލާގައި ބައިވެރިވި މީހުން ވަނީ ދެބަޔަކަށް ބެހިފައި ކަމަށް ރިޕޯޓްތަކުގައިވެއެވެ.

''ދަ މިރާރ'' އަށް ހަފުލާގައި ބައިވެރިވި މީހަކު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޕްރިންސަސް ޑަޔާނާގެ ޝަރަފުގައި ބޭއްވި މި ހަފުލާގައި ބައިވެރިވި ބައެއް މީހުން ދެކޭގޮތުގައި ދެބެއިންގެ ގުޅުން ވަރަށް އަވަހަށް ރަނގަޅުވާނެއެވެ. ނަމަވެސް ބައެއް މީހުން ދެކޭގޮތުގައި މި ދެބެއިންގެ ގުޅުން މިހާރު އޮތީ ރަނގަޅު ކުރެވޭނެ ފައްތަރެއްގައެއް ނޫނެވެ.

ޕްރިންސް ވިލިއަމް ފާހަގަކޮށްފައިވާ ގޮތުގައި މިހާރު ޕްރިންސް ހެރީއަށް އިތުބާރެއް ނުކުރެވޭނެއެވެ. އަދި ހަފުލާގައި ދެބެއިން އެކުގައި ގުޅިގެން އުޅުމަކީ ހަމައެކަނި މީހުންގެ ލޯމައްޗަށް ދައްކާލާ ދަޅައެއް ކަމަށް ހަފުލާގައި ބައިވެރިވި ޝާހީ އާއިލާގެ ބޭފުޅަކު ފާހަގަކޮށްފައިވެއެވެ.

ދެބެއިންގެ ދެމެދުގައި ހިތްހަމަނުޖެހުމެއް އޮތް ނަމަވެސް މަންމަގެ ޝަރަފުގައި ބޭއްވޭ ހާއްސަ ހަފުލާގައި ދެބެއިން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު